ތޮއްޑޫގައި ހިންގި މި މައްސަލަ ފުލުހުން ބަލަމުން ދިޔަ ނަމަވެސް މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
އއ. ތޮއްޑޫ ޑައިވް ވިލާ ސެންޓަރުގައި މަސައްކަތް ކުރާ ރަޝިޔާގެ މުވައްޒަފެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގައި އޭނާގެ ބޯ ފަޅާލައިފި އެވެ.
އެ މީހާއަށް ހަމަލާ ދީފައި ވަނީ އިއްޔެ އިރު އޮއްސުނު ވަގުތު އެވެ. އަނިޔާވި ރަޝިޔާ އެ މީހާއަށް ތޮއްޑޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު ވަނި ދޫކޮށްލާފަ އެވެ، އޭނާގެ ހާލު ރަނގަޅެވެ.
މި ހަމަލާގައި އޭނާގެ ބޯ ފަޅަލާފައި ވަނީ އޭނާގެ ޑައިވް ސެންޓަރުގެ އެހެން މުވައްޒަފުންތަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށް ވެ އެވެ.
މި މައްސަލަ ބަލަމުން ދިޔަ ނަމަވެސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.