ޑްރީމް މޮބައިލްސް އަށް އެޕަލްގެ ފަހުގެ ފޯނު ލިބިއްޖެ

ޑްރީމްސް މޮބައިލް އިން މި ފޯނު ވިއްކަނީ 32،000ރ. އަށެވެ. ޑްރީމްސްގެ ފިހާރައިން އެޕަލް ފޯނުގެ އިތުރުން ފޯނާ ގުޅުންހުރި ހުރިހާ އެކްސެސަރީޒް ތަކެއް ވެސް ލިބެން ހުރެ އެވެ.

އެޕަލްގެ ފަހުގެ ފޯނު ދުނިޔޭގެ ބާޒާރަށް ނުކުތުމާއެކު އެންމެންގެ ލޯ އަމާޒު ވެފައިވަނީ އެއަށެވެ. މި ފޯނު ހޯދަން ދުނިޔޭގެ އެޕަލް ފިހާރަތަކުގެ ދޮށުގައި ކިޔޫ ހެދިއިރު ދިވެހިންނާ ހަމަައަށް މި ފޯނު ލިބޭނީ ކޮން އިރަކުން ތޯ އުފެދޭ ސުވާލުކޮށްލަ ކޮށްލާ ތިބި ދިވެހީންވެސް އެހާމެ ގިނައެވެ. އެޕަލްގެ ދިވެހި ފޭނުންގެ އިންތިޒާރު މިހާރު މި ވަނީ ނިމުމަކަށް އައިސްފަ އެވެ. ފަހުގެ ފޯނު ޑްރީމްސް މޮބައިލް އިން ވިއްކަން ފަށައިފި އެވެ.

ޑްރީމްސް މޮބައިލް އިން މި ފޯނު ވިއްކަނީ 32،000ރ. އަށެވެ. ޑްރީމްސްގެ ފިހާރައިން އެޕަލް ފޯނުގެ އިތުރުން ފޯނާ ގުޅުންހުރި ހުރިހާ އެކްސެސަރީޒް ތަކެއް ވެސް ލިބެން ހުރެ އެވެ.

މީގެ އިތުރުން ސްކީމްތަކުން ނަގަން ބޭނުންވާ މީހުންނަށް ވެސް ޑްރީމްސް އިން މި ފުރުސަތު ލިބޭނެ އެވެ. އެހެންވެ އެޕަލްގެ ފޯނެއް ހޯދަން އެންމެ އަވަހަށް ބަލަންވީ ޑްރީމްސްގެ ފިހާރަތަކެވެ.

އެޕަލް 14 ވަރަށް ހާއްސަ

އައިފޯން 14 އަށް ބަލާލާފައި އެއީ އައިފޯން މަރުކާގެ އާ އައިފޯނެއް ކަމަށް ބުނަން ދަތިވެދާނެ އެވެ. އައިފޯނުގެ އެހެން މޮޑެލްތަކާ މެދު ވެސް މި ބީދައިން ބުނެވުން އެކަށީގެންވެ އެވެ.

އެހެން ނަމަވެސް، ބޭރުފުށުން ލޮލަށް ފެންނަ ސިފައަށް ވުރެ ބޮޑަށް އެޕަލް އިން އައިފޯން 14 ވަނީ ބާރުގަދަ ކޮށްފަ އެވެ. އައިފޯން 14 ގައި އަޅައިގަންނަ ތަންކޮޅަކަށް ފާހަގަ ކުރެވެނީ އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސްގައި، ނޮޗްގެ ބަދަލުގައި އިންނަ "ޑައިނަމިކް އައިލޭންޑް" އެވެ.

އެޕަލް އޭ16 ބަޔޮނިކް ޗިޕް ލިބިފައި ވަނީ އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް އަށެވެ. އައިފޯން 14 ގެ މޮޑެލްތަކަށް ހާއްސަ ފީޗާއެއް ގޮތުގައި ސެޓެލައިޓް މެދުވެރިކޮށް އެސްއޯއެސް މެސެޖް ފޮނުވުން ހިމެނެ އެވެ. އެއީ ފޯނުގެ ރޭންޖް ނެތް ތަންތަނުގައި އެހީއަށް ބޭނުންވެއްޖެ ނަމަ އަތަށް ފަސޭހަ ފީޗާއަށް ވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.