ގާކޮށީގެ ޕާކިން ޒޯނުން ބަންދު ކޮށްފައިވާ ބައި ހުޅުވާލަނީ

ގާކޮށީގެ ޕާކިންޒޯނުން ބޮޑު ބައެއް އިންޖީނުގެއަށް ނަގައި ބަންދުކޮށްފައި އޮނާތީ އާންމުންގެ ގިނަ ބަޔަކު އެކަމާ ޝަކުވާތައް ކުރެ އެވެ.

ގާކޮށީގެ ޕާކިން ޒޯނުން ސްޓެލްކޯއަށް ނަގައި ބަންދުކޮށްފައިވާ ސަރަހައްދު

މާލޭގެ ގާކޮށީގެ ޕާކިން ޒޯނުން ބައެއް ހިމެނޭ ގޮތަށް މައި އިންޖީނުގެ، ސްޓެލްކޯއިން ބަންދު ކޮށްފައިވާ ސަރަޙައްދު މި ހަފްތާ ނިމުމުގެ ކުރިން ހުސްކޮށް އާންމުންނަށް ހުޅުވާލަން ނިންމައިފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައި ފަހުމީ ވިދާޅުވީ ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ ކަންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކުގައި ހައްލު ހޯދައި ދޭން މަސައްކަތް ކުރައްވާ ކަމަށެވެ. 

އޭނާ އަދި ވިދާޅުވީ އެގޮތަށް ހުރި އުނދަގުލާއި ތަކުލީފު އުފުލާން ޖެހޭ ކަންކަން ނައްތާލަން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެ މަސައްކަތްތަކުގެ ތެރެއިން މާލޭގެ ގާ ކޮށީގެ ޕާކިންޒޯނުން ބައެއް ހިމެނޭ ގޮތަށް ސްޓެލްކޯއިން މިހާތަނަށް ބަންދު ކޮށްފައިވާ ސަރަޙައްދު މި ހަފުތާ ނިމުމުގެ ކުރިން ހުސްކޮށް އެތަން އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

"ސްޓެލްކޯއަކީ ރައްޔިތުންގެ ދިރިއުޅުމުގެ އެންމެ އަސާސީ ހިދުމަތުގެ ބައިވެރިޔާއަށް ވާއިރު، މި ކުންފުންޏަކީ، ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިފަދަ ގިނަ ކަންކަމަށް ދަނީ ހައްލު ހޯދައިދެމުން،" ފަހުމީ ވިދާޅުވި އެވެ. 

ގާކޮށީގެ ޕާކިންޒޯނުން ބޮޑު ބައެއް އިންޖީނުގެއަށް ނަގައި ބަންދުކޮށްފައި އޮނާތީ އާންމުންގެ ގިނަ ބަޔަކު އެކަމާ ޝަކުވާތައް ކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.