"އިންތިޒާރު ކުރަން ނުޖެހޭ ގޮތަށް ޑޮކްޓަރު އެޕޮއިންޓްމެންޓްތައް ޔަގީންކޮށްދޭނެ"

ސިއްހީ ނިޒާމުގެ މިފަދަ ސުވާލުތަކަށް "ރައީސްގެ ޖަވާބު" ސީރީޒްގައި އާންމުންގެ ކަންބޮޑުވުންތަކަށް ޖަވާބުތައް ދެއްވާއިރު އާ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެފައި ވަނީ މީޑިއާއާ ވެސް ވަރަށް ބީރައްޓެހި މިނިސްޓަރަކަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު: ކޮންމެ ދުވަހަކު އާންމު ސުވާލަކަށް ޖަވާބު ދެއްވާ

ރައްޔިތު މީހާ އިންތިޒާރު ކުރަން ނުޖެހޭ ގޮތަށް ޑޮކްޓަރު އެޕޮއިންޓްމެންޓްތައް ޔަގީން ކަމާއެކު ހަމަޖެހޭ ގޮތަށް ބައްޓަން ކުރަން މަސައްކަތް ކުުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު ފައްޓަވާފައިވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ލ. މާބައިދޫ މީހަކު ސުވާލެއް އަމާޒު ކުރީ ރާއްޖޭގައި ޑޮކްޓަރަށް ދެއްކުމުގެ ކަންކަން އޮންނަ ގޮތުން ވަރަށް ބޮޑެތި ބުރަ އުފުލަން ޖެހޭ ކަމަށް ބުނެ އެވެ. 

އޭނާގެ ސުވާލު އަޑު އެއްސެވުމަށް ފަހު ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމް ވަރުދަ ކުރުމަކީ އެ މަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ސްޕެޝަލިސްޓުންނާއި ރާއްޖޭގައި ތިބި ސްޕެޝަލިސްޓުންނަށް ވީހާވެސް ގިނައަކުން ވަޒިފާ ދިނުމަކީ މަސައްކަތް ކުރާ ކަންކަން ކަމަށާއި ރާއްޖޭގައި ސްޕެޝަލިސްޓުން ނެތް ދާއިރާތަކަށް ރާއްޖޭން ބޭރުން ވެސް ސްޕެޝަލިޓުން ހޯދަން މިހާރު ފަށާފައިވާ ކަމަށެވެ.

"ސްޕެޝަލިސްޓުން ގިނަ ކުރެވޭ ވަރަކަށް ޑޮކްޓަރަށް ދައްކަން މަޑު ކުރަންޖެހޭ ވަގުތު ކުޑަވާނެ، މިހާރު [ސަރުކާރުން] ކުރާ އަނެއް ކަމަކި އެޕޮއިންޓްމަންޓް ހަދާއިރުގަ އެ ޕޮއިންޓްމެންޓް ލިބޭ ދުވަސް ޔަގީން ކަމާއެކުގައި ހަމަޖެހިގެންދާ ގޮތަށް ނިޒާމް ބައްޓަން ކުރުން... އެ ޕޮއިންޓްމެންތާއެކީގައި ސީދާ ދުވަސް ލިބި އިތުރަށް އިންތިޒާރު ކުރަން ނުޖެހޭ ގޮތަށް" ރައީސް ވިދާޅުވި އެވެ.

ރައީސް އަދި ވިދާޅުވީ ރަށްރަށުގައި ތިބެފައި ޑޮކްޓަރަށް ދައްކަން ދާ ރައްޔިތު މީހާ އިންތިޒާރު ކުރަން ޖެހިގެނެއް ނުވާނެ ކަމަށާއި އަދި ހޮސްޕިޓަލުގައި ވީހާވެސް ގިނަ ވަގުތު ޑޮކްޓަރުން ހިދުމަތް ދޭން މަޑު ކުރާ ގޮތަށް ބައްޓަން ކުރުމުހެ ކަންކަން ހަމަޖައްސަން ވެސް މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

"ވިހާވެސް ގިނަ ސްޕެޝަލިންޓުންނާއި ސްޕަ ސެޕެޝަލިންތުން އިތުރު ކުރެވޭ ވަރަކަށް އިންތިޒާރުގައި މަޑު ކުރަންޖެހޭ ވަގުތު މެދުވެގެން ދާނެ... ޖުމްލަ ގޮތެއްގައި ހޮސްޕިޓަލްތަކުގެ ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ކުރާ މަސައްކަތް ބާރަށް ކުރިޔަށް އެބަ ގެންދަން އިރާދަ ކުރެއްވިއްޔާ ރަނގަޅު ވެގެން ދާނެ" 

މާލޭ ސިޓީ ހިމެނޭ ސަރަހައްދެކޭ އެއް ގޮތަށް ރަށްރަށުގައި ޓަޝަރީ ހޮސްޕިޓަލް ހުންނަ ތަންތަނުގައި ވެސް އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށް ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

ސިއްހީ ނިޒާމުގެ މިފަދަ ސުވާލުތަކަށް "ރައީސްގެ ޖަވާބު" ސީރީޒްގައި އާންމުންގެ ކަންބޮޑުވުންތަކަށް ޖަވާބުތައް ދެއްވާއިރު އާ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެފައި ވަނީ މީޑިއާއާ ވެސް ވަރަށް ބީރައްޓެހި މިނިސްޓަރަކަށެވެ. 

ކޮމެންޓް

1
450
ޏަނަަނސ
8 months ago

ތީ ހުސް ފޮނި ވާހަކަ. ކުލިނިކަކުން ެއެމަރޖެންސީ ރެފަރަލް އެއް ހިފާގެން ދިޔަޔަސް ނަމްބަރެއް ނުދޭ. ޥެއިޓްލިސްޓް ކުރަންޖެހެނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.