ރައީސް އަބޫދާބީ ފަންޑުގެ ޑިރެކްޓަރު ޖެނެރާ ބައްދަލު ކުރައްވައިފި

ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ދަނޑުވެރިކަމުގެ ދާއިރާއާ ސިއްހީ ދާއިރާ އަދި އިގްތިސޯދާއި ތަރައްގީގެ ދާއިރާގައި އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޚުން މަޝްވަރާ ކުރެއްވި އެވެ.

އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރު ޖެނެރަލް، މުހައްމަދު ސައިފް އަލް ސުވައިދީ އާއި ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ

އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރު ޖެނެރަލް، މުހައްމަދު ސައިފް އަލް ސުވައިދީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ. ދެ ބޭފުޅުން ބައްދަލު ކުރެއްވީ ދުބާއީގައި ކުރިޔަށްދާ ވޯލްޑް ގަވަމަންޓްސް ސަމިޓް 2024 ގައި ހަވާސާގަ އެވެ.

މި ޒިޔާރަތުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާ ޔޫއޭއީއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމުގެ މައްޗަށާއި އަބޫދާބީ ފަންޑުން ރާއްޖޭގެ ތަރައްގީއަށް ދޭ އެހީތެރިކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. 

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި އަބޫދާބީ ފަންޑުން ރާއްޖެއަށް ހުއްޓުމެއްނެތި ފޯރު ކޮށްދޭ މާލީ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވެވި އެވެ. އަބޫދާބީ ފަންޑްގެ ޑިރެކްޓަރު ޖެނެރަލް ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި ހުއްޓުމެއް ނެތި އެއްބާރުލުމާއި އެހީތެރިކަން ދޭނެ ޔަގީންކަން ދެއްވާ ކަމަށެވެ. 

 ރައީސް މުއިއްޒާއި ޑިރެކްޓަރު ޖެނެރަލް ވަނީ އަބޫދާބީ ފަންޑުގެ އެއްބާރުލުމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ ތަރައްގީގެ މަސައްކަތްތައް ކުރިޔަށްދާ ގޮތާ ގުޅޭގޮތުންނާއި ދެފަރާތުން ގުޅިގެން އިތުރަށް މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާ ގުޅޭ ގޮތުންނާއި ދަނޑުވެރިކަމުގެ ދާއިރާއާ ސިއްހީ ދާއިރާ އަދި އިގްތިސޯދާއި ތަރައްގީގެ ދާއިރާގައި އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.