ބޯހިމަނަން މައުލޫމާތު ނުދިނުން ކުޑަ، އެކަމަކު އިމާރާތަށް ނުވަދެވުން ބޮޑު

މި ފަހަރުގެ ބޯހިމެނުގައި 4300 އަށްވުރެ ގިނަ އެނިއުމަރޭޓަރުން ބައިވެރިވެ އެވެ. އަދި މާލޭގައި އެކަނި ވެސް 1،800 އެނިއުމަރޭޓަރުން ހަރަކާތްތެރިވެ އެވެ. ނަމަވެސް ބައެއް ގޭގެއަށް އެނިއުމަރޭޓަރުންނަށް ގޭގެއަށް ނުވަދެވޭ މައްސަލަ ދިމާވެ އެވެ.

ބޯހިމެނުމުގެ މަސައްކަތުގައި އޮފިޝަލުން ހަރަކާތްތެރި ވަނީ -- އެމްބީސީ

ބޯހިމެނުގެ ބޮޑު ޕްރޮގްރާމްގައި މިހާތަނަށް އާއިރު މައުލޫމާތު ނުދިނުމުގެ މައްސަލަ ކުޑަ ކަމަށް މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯ (އެމްބީސީ) އިން ބުނެފި އެވެ.

"މި" ނޫހަށް ވާހަކަ ދައްކަވަމުން އެމްބީސީގެ ސީނިއާ ސްޓެޓިސްޓިކަލް އޮފިސަރު އައިމިނަތު މުޝްފިގާ އިބްރާހިމް ވިދާޅުވީ މި އަހަރުގެ ބޯހިމެނުގައި މައުލޫމާތު ނުދިނުމުގެ މައްސަލަތައް ނިސްބަތުން ކުޑަ ކަމަށެވެ. ނަމަވެސް ބައެއް ތަންތަނަށް ވަނުނުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ބައެއް އިމާރާތްތަކަށް ނުވަދެވޭ މައްސަލަތައް ވެސް މިހާރު ހައްލު ކުރަމުން ގެންދާ ކަމަށެވެ.

"ފާހަގަ ކުރެވެނީ މިހާރު މީހުން ވަރަށް ބޮޑަށް ހޭލުންތެރިވެފައިވާ ކަމަށް. އެހެންވެ މައުލޫމާތު ނުދިނުމުގެ މައްސަލަ ކުޑަ. މިފަހަރު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެނިއުމަރޭޓަރުންގެ ދަތިކަން. އެހެންވެ މާލެ ސަރަހައްދުގައި ބޯހިމެނުގެ މުއްދަތު އިތުރު ކުރީ،" މުޝްފިގާ ވިދާޅުވި އެވެ.

މި ފަހަރުގެ ބޯހިމެނުގައި 4300 އަށްވުރެ ގިނަ އެނިއުމަރޭޓަރުން ބައިވެރިވެ އެވެ. އަދި މާލޭގައި އެކަނި ވެސް 1،800 އެނިއުމަރޭޓަރުން ހަރަކާތްތެރި ވާނެ އެވެ. ބޯހިމެނުގެ މައި މަރުކަޒު ހުންނާނީ ދަރުބާރުގޭގަ އެވެ. މި ސެންޓަރުގެ އިތުރުން ގްރޭޓާ މާލެ ސަރަހައްދުގައި ހުޅުމާލެ އަދި ވިލިމާލޭގައި ވެސް ސެންޓަރެއް ހުންނާނެ އެވެ.

އެއްކުރާނެ ބައެއް މައުލޫމާތު

  •  ދިރިއުޅޭ ތަނުގެ މައުލޫމާތު
  •  ދިރިއުޅޭ ތަނުގެ ބޮޑުމިން
  •  މީހުންގެ އުފަން ތާރީހު
  •  މީހުންގެ ތައުލީމީ ފެންވަރު
  •  އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް
  •  ފުރަތަމަ ކައިވެނި ކުރި އުމުރު
  •  އަންހެނުން، ދަރިންގެ އަދަދާއި ފުރަތަމަ ދަރިފުޅު ލިބުނު އުމުރު

ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައިވަނީ މީގެ އަށް އަހަރު ކުރިން 2014 ވަނަ އަހަރު އެވެ. އޭރުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. ނަމަވެސް ސްޓެޓިކްސްގެ އެންމެ ފަހުގެ ލަފާ ކުރުމުގެ މައްޗަށް އެކުލަވާލި ތަފާސްހިސާބު ދައްކާ ގޮތުން މިއަހަރު ނިމޭއިރު 579،330 މީހުން ދިރިއުޅޭ އެވެ. ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން 45 ޕަސަންޓަކީ ޒުވާނުންނެވެ. ޒުވާނުންގެ އާބާދީގައި ދިވެހި ޒުވާނުންގެ ޕަސެންޓަކީ 47 އެވެ. ބިދޭސީ ޒުވާނުންގެ ޕަސެންޓަކީ 53 އެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ އެކަށީގެންވާ މައުލޫމާތު އެއްކުރެވެމުން ނުދެ އެވެ. ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި 200،000 ބިދޭސީން މިހާރު އުޅޭނެ އެވެ.

ރާއްޖޭގައި ކުރިން ވެސް އެކި ސިފަ ސިފައިގައި ބޯހިމަނަ އެވެ. އެކަމަކު ރަސްމީ ސިފައެއްގައި ފުރަތަމަ ރާއްޖޭގައި ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގެ ތެރޭގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.