އަލްޝާލީއިން ވަނީ މި ލޯންޗް ފެއާގައި ގަންނަނަމަ 200،000ރ. އާ ހަމައަށް ޑިސްކައުންޓެއް ދޭން ނިންމާފަ އެވެ.
މޯލްޑިވްސް މެރިން އެކްސްޕޯގައި އަލްޝާލީ މެރިން މޯލްޑިވްސް އިން ވަނީ އާއިލީ ދަތުރުތަކާއި ސްޕޯޓްސް ފިޝިންއަށް ހާއްސަ އުޅަނދެއް ތައާރަފުކޮށްފި އެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މެރިން އެކްސްޕޯޓް 2024 ގައި މެޖެލިން 32 ގެ ނަމުގައި މި އުޅަނދުގެ މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިސްލާއިލް ޝަރީފު ވިދާޅުވި ގޮތުގައި މި އުޅަނދަކީ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ވެސް ބޭނުންކޮށްލެވޭނެ އުޅަނދެކެވެ. މި އުޅަނދު ފަރުމާކޮށްފައިވަނީ އާއިލީ ދަތުރުތަކަށް ވެސް ފައްކާވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ފިޝިލް ލޯންޗްއަކީ ފެމެލީ ޓްރިޕްތަކުގައި ބޭނުން ކުރަން ހާއްސަ އުޅަނދެއް. މީގައި ކައްކާލެވޭނެ. ނިދާލާނެ ކުޑަ ކެބިންކޮޅެއް އިންނާނެ. ފުދޭވަރެއްގެ ރަނގަޅު ފާހާނާއެއް ފެންވަރާ ލެވޭ ގޮތަށް ހުންނާނެ. ބާނާ މަސް ސްޓޯކުރެވޭނެ މެކޭނިޒަލެއް ހެދިފައި އެބަހުރި. މަސް ދިރުވާނެ ބަޔަކާއި އައިސް އަޅާ ފިނިކުރި މަސް ބަހައްޓާނެ ބައެއް ވެސް ހުންނާނެ،" ޝަރީފު ވިދާޅުވި އެވެ.
މެރިން އެކްސްޕޯގައި ހުރި އަލްޝާލީގެ ސްޓޯލަށް ގޮސް މި އުޅަނދު ގަންނަމަ 150،000ރ. އާއި 200،000ރ. އާ ދެމެދުގެ ޑިސްކައުންޓެއް ދޭނެ އެވެ.
"މި އިންޖީނާ އެއްކޮށް ނުވަތަ އިންޖީނު ނުލައި ގަތްނަމަވެސް މި ޑިސްކައުންޓް އަގުގައި ލިބޭނެ. މިއީ ޝޯއަށް ބަލާއިރު ރަނގަޅު ފުރުސަތެއް،" ޝަރީފު ވިދާޅުވި އެވެ.
އަލްޝާލީ މެރިން އަށް މީގެ ކުރިން ވަނީ ގިނަ ވަނަތަކެއްވެސް ލިބިފަ އެވެ. އެންމެފަހުން ބޭއްވި ބޯޓިން އެވޯޑުގެ ކުލަގަދަ ރަސްމިއްޔާތެއްގައި ރާއްޖޭގެ އަލްޝާލީ އަށް ލިބިފައިވަނީ ބެސްޓް ލިވަ ބޯޑް އޯ ޔޮޓް ބިލްޑާސް ކުންފުންޏަށް ދޭ އެވޯޑާއި ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސަލް (14-15 މީޓަރުގެ އުޅަނދު ފަހަރަށް ދޭ އެވޯޑެވެ. މި އެވޯޑުތަކުގެ ތެރޭން ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސަލް އަށް ދިން އެވޯޑު ލިބިފައިވަނީ އަލްޝާލީގެ އައިލެންޑް ހޮޕާ 50 އުޅަނދަށެވެ. އަދި ބެސްޓް ޔޮޓް ބިލްޑާސް އެވޯޑް އައިލެންޑް ހޮޕާ 50 އަށް، ބެސްޓް ޕްރޮޑަކްޝަން ވެސަލްގެ އެވޯޑުވެސް ލިބިފައިވެ އެވެ.