މިއީ ދިވެހި ގައުމު ހިންގުމުގެ އެންމެހާ ކަންކަން ޝާމިލްވާނޭހެން ތަފާސްހިސާބާއި ދިރާސާ އާއި އެކު އިއްވެވި ބަޔާނެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކު ރައްޔިތުންގެ މަޖލިހުގެ ޖަލްސާއެއް ގައި ރައްޔިތުންނަށް އިއްވެވި އެންމެ ތަފްސީލީ އެންމެ ފުރިހަމަ ރިޔާސީ ބަޔާނަކީ މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު އިއްވެވި ރިޔާސީ ބަޔާން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ގާސިމް ވިދާޅުވީ ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނު ގައި ދިވެހި ގައުމުގެ އިއްޔެ އާއި މިއަދުގެ ހާލަތާއި އެކު މާދަމާއަށް ކުރާ އުންމީދުތަކާއި ހޯއްދަވާނޭ ހައްލުތައް ވިދާޅުވެ ދެއްވީ ނުހަނު އުއްމީދުން ފުރިގެންވާ ގޮތުގައެވެ.
އަދި މިއީ ދިވެހި ގައުމު ހިންގުމުގެ އެންމެހާ ކަންކަން ޝާމިލްވާނޭހެން ތަފާސްހިސާބާއި ދިރާސާ އާއި އެކު އިއްވެވި ބަޔާނެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ޝައްކެތް ނެތް ގޮތުގައި މިހާތަނަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ގައި ރައްޔިތުންނަށް އިއްވެވި އެންމެ ތަފްސީލީ އެންމެ ފުރިހަމަ ރިޔާސީ ބަޔާނަކީ މިއަދު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ މުއިއްޒު އިއްވެވި ރިޔާސީ ބަޔާނެވެ. އެހެން ކަމުން އެމަނިކުފާނަށް ތަހްނިޔާއާއި މުބާރަކް ބާދު އަރިސްކޮށް، މާމިގިލި ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ނުހަނު ޝުކުރު އަދާ ކުރަމެވެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ ރިޔާސީ ބަޔާން އިއްވެވި ޖަލްސާ އެމްޑީޕީއާ ދަ ޑިމޮކްރެޓްސް އިން ބޮއިކޮޓް ކުރުމުން އެކަމާ ވެސް ސުވާލު އުފައްދަވާފައެވެ.
"ގާނޫން އަސާސީގެ 84 ވަނަ މާއްދާގައި ބަޔާން ކުރާ ރިޔާސީ ބަޔާން ރައީސް ޑރ މުހައްމަދު މުއިއްޒު އިއްވަވައި ދެއްވި މަޖިލީހުގެ ޖަލްސާ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި 19 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ތަކެއް ބޮއިކެޓް ކުރެއްވުމަކީ ރައްޔިތުންނަށް ކުރި ފުރައްސާރަ އަކަށް ނުވޭތޯ،" ގާސިމް ސުވާލު ކުރެއްވި އެވެ.
ހަމަ ހުސް ވައި ޖެހުން މީނަ ކަމަކީ... ކޮބާ ނަހުލާއަށް ޕީއެންސީ ޓިކެޓް ލިބުންތަ؟