އަޅުގަނޑު ހިމެނޭތީ ފްލޯޓިން ސިޓީ ވަނީި ހުއްޓުވާފައި: ނަޝީދު

ގާތްގަނޑަކަށް 5،000 ގޯތި ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ބައިތަކެއް ވެސް ހިމަނައިގެން ތަރައްގީ ކުރާ ރާއްޖޭގެ ފްލޯޓިން ސިޓީގެ މަސައްކަތް އެމްޑީޕީގެ ސަރުކާރުން ހުއްޓުވާފައިވާ ކަމަށާއި އެ މަޝްރޫއު އިތުރަށް ކުރިޔަށް ނުގެންދެވޭނެ ކަމަށް ނެދަލޭންޑްސްގެ ކުންފުނި ޑަޗް ޑޮކްލޭންޑަށް ލަފާ އަރުވަން ވިސްނަވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރާއްޖޭގައި ފައްކާ ކުރާ ފްލޯޓިން ސިޓީގެ ޑިޒައިން: މި މަސައްކަތް ކުރުމުގައި އިސްވެ ހުންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު

ގާތްގަނޑަކަށް 5،000 ގޯތި ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ބައިތަކެއް ވެސް ހިމަނައިގެން ތަރައްގީ ކުރާ ރާއްޖޭގެ ފްލޯޓިން ސިޓީގެ މަސައްކަތް އެމްޑީޕީގެ ސަރުކާރުން ހުއްޓުވާފައިވާ ކަމަށާއި އެ މަޝްރޫއު އިތުރަށް ކުރިޔަށް ނުގެންދެވޭނެ ކަމަށް ނެދަލޭންޑްސްގެ ކުންފުނި ޑަޗް ޑޮކްލޭންޑަށް ލަފާ އަރުވަން ވިސްނަވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ވަރަށް ބޮޑު ދައުރެއް އޮނަން ގޮތަށް މާލޭގެ އުތުރުގައި އޮންނަ ފަޅެއްގައި ކުރިޔަށް ގެންދާ ފްލޯޓިން ސިޓީ މަޝްރޫއު ދެ ވަނަ ފަހަރަށް ލޯންޗު ކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މި ސަރުކާރުގަ އެވެ. އެއީ މާޗް 14، 2021 ގައެވެ. އެ މަޝްރޫއަށް އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ވަނީ ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ދީފައެވެ.

މި މަޝްރޫއާ މެދު ނުތަނަވަސްކަން ފާޅު ކުރައްވާ ރައީސް ނަޝީދު މެސެއްޖެ ފޮނުއްވާފައި ވަނީ އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަކަށެވެ.
މިއަދު ފޮނުއްވެވި އެ މެސެޖް މެދުވެރިކޮށް ނަޝީދު ވިދާޅުވީ ފްލޯޓިން ސިޓީގެ މަޝްރޫއު މިހާރު ވަނީ ސަރުކާރުން ހުއްޓުވާފަ އެވެ. އަދި އެކަން އެގޮތަށް ކޮށްފައި ވަނީ އެ މަޝްރޫއުގައި އެމަނިކުފާނުގެ ނަން ހިމެނޭތީ ކަމަށް ގަބޫލު ކުރެއްވި އެވެ. މީގެ އިތުރުން ވިދާޅުވީ ދަރަނިވެރި ނުވެ ހިންގެން އޮތް އެއް ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ސަރުކާރުން ނަގާލީ ކަމަށާއި އެއީ ބޮޑުވަރު ކަމަށެވެ. ފްލޯޓިން ސިޓީގެ މަޝްރޫއު ހުއްޓުވާފައި ވަނީ ސަރުކާރުގެ އިކޮނަމިކް ކައުންސިލުން ކަމަށާއި ހުއްޓުވަން ނެގި ވޯޓުގައި ތިމާވެއްޓާއި ބެހޭ ވަޒީރު އައިމިނަތު ޝައުނާ ވޯޓު ދެއްވި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދި ވިދާޅު ވެފައި ވެއެވެ: "ގަބޫލު ކުރެވެނީ އަޅުގަނޑުގެ ނަން ހިމެނޭ ޕްރޮޖެކްޓަކަށްވުމުން ކުރިއަށް ނުގެންދަވަނީހެން. އަޅުގަނޑު މިހާރު ގަސްތުކު ރަނީ ޑަޗް ޑޮކްލޭންޑްސް ކުންފުންޏަށް މިކަން ހިނގާ މަގު ސާފުކޮށްދީ މި ރާއްޖޭގައި ތިކަން ނުވާނެ ކަމަށް ލަފާ އަރުވަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭވެރިކަމަށް ރައީސް މުހައްމަދު ނަޝީދު ވަޑައިގަތް ދުވަސްވަރުން ފެށިގެން އެ މަނިކުފާނު ގެންދަވަނީ ފްލޯޓި ސިޓީ ހަދަން މަސައްކަތް ކުރައްވަމުންނެވެ. އަލުން އެމްޑީޕީއަށް ވެރިކަން ލިބުމުން މި ސަރުކާރާއެކުވެސް ފެއްޓެވީ އެ މަސައްކަތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.