ރާއްޖޭގެ އިގްތިސޯދީ ހާލަތު ވޯލްޑް ބޭންކާ ހިއްސާކޮށްފި

ވޯލްޑް ބޭންކްގެ އިތުރުން ދުނިޔޭގެ މާލީ އެހެން އިދާރާތަކާއި، އެހެން ގައުމުތަކާއެކު ރާއްޖޭގެ މިވަގުތުގެ ހާލަތާއި އަދި އެ ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު ވޯލްޑް ބޭންކްގެ ޓީމާއެކު -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގެ މިވަގުތުގެ އިގްތިސޯދީ ހަލަތާއި، އެ ހާލަތު ރަގަޅު ކުރުމާ ގުޅޭ ގޮތުން ވޯލްޑް ބޭންކާއެކު އިކޮނޮމިކް މިނިސްޓްރީން މަޝްވަރާކޮށްފި އެވެ.

ރާއްޖޭގެ އިގްތިސޯދާއި މާލީ ކަންތައްތަކާ ބެހޭ މިނިސްޓްރީތަކާ މަޝްވަރާ ކުރުމަށް ވޯލްޑް ބޭންކުގެ ވަފްދެއް ވަނީ ރާއްޖެ އައިސްފަ އެވެ. މި ވަފްދުގައި އެ ބޭންކުގެ ސައުތް ރީޖަންގެ ނައިބް ރައީސް މާޓިން ރެއިޒާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި މިނިސްޓްރީގެ އިސް ބޭފުޅުން އިއްޔެ ވަނީ އެ ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ. ބައްދަލުވުމަށްފަހު މިނިސްޓަރު ވިދާޅުވީ އެ ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސޯދު ރަގަޅުކޮށް ފުޅާ ކުރަން ވިސްނާފައި ހުރި ކަންކަމުގެ މައުލޫމާތު އެ ބޭންކާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ. 

އަދި، މިވަގުތު ރާއްޖޭގެ މާލީ ހާލަތާއި، މިއަހަރަށް ލަފާ ކޮށްފައި ހުރި އިތުރު ކަންން ވެސް ހިއްސާ ކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ފަހިވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ވޯލްޑް ބޭންކްގެ އިތުރުން ދުނިޔޭގެ މާލީ އެހެން އިދާރާތަކާއި، އެހެން ގައުމުތަކާއެކު ރާއްޖޭގެ މިވަގުތުގެ ހާލަތާއި އަދި އެ ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ސައީދު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.