އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނާނެހެން މައްސަލަހުރި ފޯމުތައް މުރާޖައާ ކުރުމަށް ވަނީ އަންގާފައެވެ.
ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅަން ފަށާފައިވާ 4000 ފްލެޓް ލިބޭނެ މީހުން ކަނޑައެޅި ގޮތާއިމެދު އޭސީސީން ބަލަން ފަށާފައިވާ މައްސަލަ ބަލާ ނިންމިފައިވާ ކަމަަށް އެ ކޮމިޝަނުން ބުނެފި އެވެ.
އޭސީސީން ދެންމެ ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓާ ގުޅިގެން، ކޮމިޝަނުން ބަލަމުންދާ މައްސަލައިގައި ފުލެޓު ދޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އަންގާފައިވާ އެންގުން މިއަދު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ،
އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި ފުލެޓު ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން ޢަމަލުކުރުމަށް މިނިސްޓްރީއަށް ކޮމިޝަނުން މިއަދު އަންގާފައިވާ ކަމަށެވެޒ
އެގޮތުން އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނާނެހެން މައްސަލަހުރި ފޯމުތައް މުރާޖައާ ކުރުމަށް ވަނީ އަންގާފައެވެ. މުރާޖައާކުރުމު ގައި އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމަށާ މުރާޖައާ ކުރުމުގައި ތަފާތުނުކޮށް އެއް މިންގަނޑަކުން އަމަލުކުރުމަށް ވަނީ އަންގާފައެވެ.
ނިމިދިޔަ ސަރުކާރުން ދޫކުރި 4000 ފްލެޓް ހަވާލު ކުރުން އޭސީސީ އިން ހުއްޓުވީ އެކަމާ ގުޅިގެން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ކަމަަށް ބުނެ އެވެ. މިދިޔަ ފަސް އަހަރު ޒިންމާ އަދާކުރުމުގައި ވަރަށް ބޮޑަށް އިހްމާލުވި އޭސީސީން މި މައްސަލަ ބަލާތާ ކިތަންމެ ދުވަހެެކެވެ. މައްސަލަ ނުނިމި ދިގުލައިގެން ދާތީ ފްލެޓް ލިބުނު މީހުންގެ ތެރެއިން ބައެއް މީހުން ވަނީ އޭސީސީ އަށް ވަދެ އިހުތިޖާޖު ކޮށްފައެވެ.