ރާއްޖޭގެ އެވޭލާ ތަރިކައިގެ ތެރޭގައި ހިމެނޭ ބައެއް ތަކެތި ހަލާކު ވަމުން ދާ އިރު، ކަމާބެހޭ ލެބޯޓަރީއެއް ނެތުމުގެ ސަބަބުން އެ ތަކެއްޗަށް ދޭން ޖެހޭ އިލްމީ ފަރުވާ ނުދެވެ އެވެ.
ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރަން ކޮންޒަވޭޝަން ލެބޯޓަރީއެއް ގާއިމު ކުރުމާބެހޭ ގޮތުން ޗައިނާއާ މަޝްވަރާ ކޮށްފި އެވެ.
ހެރިޓޭޖް މިނިސްޓަރީން ބުނީ ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށް ކޮންޒަވޭޝަން ލެބޯޓަރީއެއް ގާއިމު ކުރަން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރާއި ރާއްޖޭގައި ހުން ޗައިނާ ސަފީރު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އެ މިނިސްޓަރީން ބުނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ބަދަހިވި ގުޅުމާއެކު ޗައިނާއިން ވަނީ ރާއްޖެއަށް ސަގާފީ ގޮތުން ވެސް އިތުރު އެހީތެރިކަން ފޯރުކޮށްދޭން ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށެވެ.
އަދި ބުނީ ރާއްޖޭގެ އެވޭލާ ތަރިކައިގެ ތެރޭގައި ހިމެނޭ ބައެއް ތަކެތި ހަލާކުވަމުން ދާ އިރު، ކަމާބެހޭ ލެބޯޓަރީއެއް ނެތުމުގެ ސަބަބުން އެ ތަކެއްޗަށް ދޭން ޖެހޭ އިލްމީ ފަރުވާ ރާއްޖޭން ދެވެން ނެތް ކަމަށާއި އެ ފަދަ ލެބޯޓަރީއެއް ގާއިމުކުރަން ބޭނުންވާ ކަންކަން ހުށަހެޅުމަށް ޗައިނާ ސަފީރު މަރުހަބާ ވިދާޅުވެފައިވާ ކަމަށެވެ.
އަދި ފަހުމުނާމާއެއް އެކުލަވައިލައި، ދެ ގައުމުގެ ލިޔުންތައް ތަރުޖަމާކޮށް ޗާޕު ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށް ކުރެވުނެވެ.