ރަސްމާލޭގައި 15،000 ފްލެޓް އަޅަން ޗައިނާގެ ސީއެސްސީއީސީ އިން ޝައުގުވެރިވެއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވީ ރަސްމީ ދަތުރުފުޅުގައި، އެގައުމުން ރާއްޖެއަށް 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭން އެއްބަސްވެފައިވެ އެވެ.

ރަސްމާލެ ހިއްކަން ފެށުމާއެކު ކޮންނަ ބޯޓުގެ ހޮޅިން ފުރަތަމަ ވެލިގަނޑު އޮހިގެންދަނީ

މާލެ، ގުޅިފަޅު އަދި ފުޅިދިއްގަރު ފަޅު ހިއްކައިގެން އަޅަން ނިންމާފައިވާ 15،000 މޮޑިއުލަށް ހައުސިން ޔުނިޓް އަޅަން ޗައިނާގެ ބޮޑު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނާ ރަސްމާލޭގައި ފްލެޓް އަޅަން ހުށަހަޅާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތައް އެޅި ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކޮމްޕެނީ (ސީއެސްސީއީސީ) ކުންފުނިން ކަމަށެވެ.

މި ކަމުގައި އިކޮނޮމިކް ކައުންސިލުން ނިންމާފައި ވަނީ ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީއާ ގުޅިގެން މި މަޝްރޫއުގެ ހަރަދާއި ކޮލިޓީއާ ގުޅޭ މަޝްވަރާތައް އެ ކުންފުންޏާއެކު ކުރުމަށެވެ.

ރައީސް މުއިއްޒުގެ އަމާޒަކީ ރަސްމާލޭ ގައި 35،000 ހައުސިން ޔުނިޓް އެޅުމަށެވެ. އަދި މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ މުޅީން ހައްލު ކުރެއްވުމެވެ.

މިދިޔަ ސަރުކާރުތަކުގައި މާލެ އަދި ހުޅުމާލޭގައި ވެސް ޗައިނާ ކުންފުނިތަކުން ވަނީ ފްލެޓް އަޅާ ދީފަ އެވެ. 

މިހާރު ހިއްކަމުންދާ ރަސްމާލޭގެ މަގުތައް ހަދަން ނިންމާފައި ވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވީ ރަސްމީ ދަތުރުފުޅުގައި، އެގައުމުން ރާއްޖެއަށް 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭން އެއްބަސްވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.