ގެނބިގެން ރާއްޖޭގައި ފަހަކަށް އައިސް މަރުވަނީ ޓޫރިސްޓުންނެވެ. ގެނބިގެން ދިވެހި މަރުވުމުގެ ހާދިސާތައް ފަހުގެ ތާރީހުތަކުގައި މަދެވެ.
ފުލުހުން ބުނީ އެ ސިޓީގައި މިއަދު މޫދަށް އެރި އުޅުނު މީހަކު ގެނބިހެން މިއަދު ހެނދުނު ނަގައި ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ. އެ ހަބަރު ފުލުހާ ހަމައަށް އައީ ހެނދުނު 7:30 ގައި ކަމަށެވެ.
މިއަދު އެ ރަށުގައި މަރުވެފައި ވަނީ ދިވެހި ފިރިހެނެކެވެ.
އުމުރުން 23 އަހަރުގެ މީހާގެ މަރާ ގުޅޭ ގޮތުން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން ގެނދާ ކަމަށް ވެސް ފުލުހުން އިދާރާއިން ބުންޏެވެ.
ގެނބިގެން ރާއްޖޭގައި ފަހަކަށް އައިސް މަރުވަނީ ޓޫރިސްޓުންނެވެ. ގެނބިގެން ދިވެހި މަރުވުމުގެ ހާދިސާތައް ފަހުގެ ތާރީހުތަކުގައި މަދެވެ.