މާލޭގެ އާންމު ތަންތަނަށް ކުނި އެޅުން ހުއްޓުވަން ކައުންސިލުން މަސައްކަތް ފަށައިފި

މާލެ ސިޓީގެ ތަންތަނާއި މަގުތަކާއި ގޯޅިތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކޮންމެ ދުވަހަކު ކުރަމުން ދިޔަ ނަމަވެސް ކުނި އެޅުން މަދެއް ނުވެއެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ ދެ މުވައްޒަފަކު މާލޭގެ ސަރަހައްދެއްގައި ކުނި ކަހާ ސާފު ކުރަނީ

މާލޭ ސިޓީގެ ރަށްތަކުގައި ހިމެނޭ އާންމު ތަންތަނާއި މަގުތަކަށް ކުނި އެޅުން ހުއްޓުވާން ކައުންސިލުގެ ޓީމަކުން މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މޭޔަރު، އާޒިމް މިއަދު ވަނީ މާލޭ ސިޓީގެ އެއްވެސް އާންމު ތާކަށް ކުނި އެޅުމަކީ މަނާ ކަމެއްކަން ހަނދާންކޮށް ދެއްވާފަ އެވެ.

މޭޔަރު އަދި ވިދާޅުވީ މާލޭ ސިޓީގައި ހިމެނޭ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ އާންމު ތަންތަނަށް ކުނިއެޅުން ހުއްޓުވަން ސިޓީ ކައުންސިލްގެ "ހީވާގި މުރާލި ޓީމުން މިހާރު ދަނީހަރަކާތްތެރި ވަމުން" ކަމަށެވެ.

އެ މަސައްކަތް ކައުންސިލުން ކުރާއިރު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ވެސް މޭޔަރު ވަނީ ސިޓީގައި ދިރިއުޅޭ އާންމުންގެ ކިބައިން އެދި ވަޑައިގެންފަ އެވެ. 

"ސާފު، ރީތި، އުޅޭ ހިތުން އުޅޭހިތްވާ މާލެއެއް ލިބޭނީ އެންމެން އެކުގަައި މަސައްކަތް ކޮށްގެން،" މޭޔަރު އާޒިމް ވިދާޅުވި އެވެ.

މާލެ ސިޓީގެ ތަންތަނާއި މަގުތަކާއި ގޯޅިތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކޮންމެ ދުވަހަކު ކުރަމުން ދިޔަ ނަމަވެސް ވަރަށް ގިނަ ބަޔަކު މިހާރުވެސް މާލޭގެ އާންމު ތަންތަނަށް ކުނި އަޅައި އަދި ކުނި ކޮތަޅުތައް ބަހައްޓަމުން ގެންދެ އެވެ. އަދި އެ މައްސަލަ ސިޓީ ކައުންސިލުން އަބަދުވެސް ފާހަގަ ކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.