އަލަމްގީރު ގުޅުން ހިންގި މީހުންގެ އަދަދު 40 ވުރެ ގިނަ އެވެ. އޭގެ ތެރޭގައި ދިވެހީންނާއި އިންޑިއާ އަދި ބަންގާޅު މީހުން ހިމެނެއެވެ. އެ އެންމެންނާއެކު ގުޅުން ހިންގާ އެ މަންޒަރު އޭނާ ވަނީ ސިއްރުން ރެކޯޑް ކޮށްފައެވެ. އެ ހުރިހާ ވީޑިއޯތައް ފުލުހުންގެ ތަހުގީގަށް ހޯދާފައިވާއިރު ވީޑިއޯތަކުން ފެންނަ އެންމެން ދެނެގަނެވިފައެއް ނުވެއެވެ.
ރާއްޖޭގެ ހައި ޕްރޮފައިލް ސިޔާސީ މީހުނާއި ވިޔަފާރި ވެރިންނާއި ފުލުހުންނާއި ސިފައިންނާއި ރިސޯޓް މުވައްޒަފުންނާއި އެކު ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ބޭނުން ކޮށްގެން ބްލެކްމެއިލް ކުރުމުގެ އަމަލު ހިންގި މީހުން ހޯދާ އެ މީހުން ހައްޔަރު ކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
އަލަމްގީރު ގުޅުން ހިންގި މީހުންގެ އަދަދު 40 ވުރެ ގިނަ އެވެ. އޭގެ ތެރޭގައި ދިވެހީންނާއި އިންޑިއާ އަދި ބަންގާޅު މީހުން ހިމެނެއެވެ. އެ އެންމެންނާއެކު ގުޅުން ހިންގާ އެ މަންޒަރު އޭނާ ވަނީ ސިއްރުން ރެކޯޑް ކޮށްފައެވެ. އެ ހުރިހާ ވީޑިއޯތައް ފުލުހުންގެ ތަހުގީގަށް ހޯދާފައިވާއިރު ވީޑިއޯތަކުން ފެންނަ އެންމެން ދެނެގަނެވިފައެއް ނުވެއެވެ. ގުޅުން ހިންގާ މަންޒަރު ސިއްރުން ރެކޯޑް ކުރީ ފަހުން ބަލައިލުމުގެ ބޭނުމުގައި ކަމަށާ އެކަން ކުރީ ބްލެކްމެއިލް ކުރުމުގެ ބޭނުމުގައި ނޫން ކަމަށް އަލަމްގީރު ބުނެއެވެ.
ވީޑިއޯތައް ބޭރުވީ އޭނާ އެ ވީޑިއޯތައް ގެންގުޅުނު ފޯން ބަޔަކު މީހުން އަތަށް ލިބުމުން ކަމަށާ އެ ފޯނުގައި އޭރު އެ ވީޑިއޯތައް ނުހުންނާނެ ކަމަށްވެސް އޭނާ ބުނެއެވެ. ވީޑިއޯތައް ޑިލީޑްކޮށްފައި ވަނިކޮށް އަލުން އެ ވީޑިއޯތައް ބަޔަކު ރިކަވާ ކުރީ ކަމަށެވެ. އެކަން ކުރީ އޭނާއާ ގުޅުން އޮންނަ ބައެއް ނޫން ކަމަށްވެސް ބުނެއެވެ. ނަމަވެސް އާންމުވެފައިވާ ވީޑިއޯތަކުން އެއޯ ފޯނަކުން ރެކޯޑްކޮށްފައިވާ ވީޑިއޯތަކެއް ނޫން ކަމަށް ބެލެވެއެވެ. އެހާވެސް މަންޒަރު ސާފެވެ. އަދި އެއީ ދިވެހީންގެ ބަޔަކާ ގުޅިގެން އޭނާ ކުރި ކަމެއް ކަމަށްވެސް ބައެއް ފަރާތުން ބުނެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިރޭ ބުނީ ގިނަ އަދަދެއްގެ ބަޔެއްގެ ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މައްސަލައަކާއި ގުޅިގެން އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ. އަދި އޮޕަރޭޝަން ނިމުމުން އެކަމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.
ފުލުސް އޮޕަރޭޝަންގައި މިހާތަނަށް ބަޔަކު ހައްޔަރު ކުރި ކަމެއް / ނޫން ކަމެއް ފުލުހުން ނުބުނެއެވެ. ބައެއް ރިޕޯޓްްތައް ބުނާ ގޮތުގައި މެދު އަތޮޅުގެ ރަށަކަށް ނިސްބަތްވާ ދެ މީހަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ ދިވެހި ދެ ޒުވާނުންނެވެ.
އެ މީހުންގެ ފޮޓޯވެސް އާންމުކޮށްފައިވެއެވެ. އެ މީހުންގެ ތެރެއިން އެކެއްގެ ވާހަކަ، އަލަމްގިރި ތަހުގީގަށް ދިން ކަމަށް ބުނާ / މިހާރު އާންމުވެފައިވާ ބަޔާނެއްގައިވެއެވެ. ނަމަވެސް އެކަން ކަށަވަރު ކުރެވޭ ވަރުގެ އެއްވެސް މައުލޫމާތެއް ފުލުހުން ނުދެއެވެ.
މިދިޔަ އޭޕްރީލް މަހުން ފެށިގެން ވީޑިއޯތައް ބޭނުން ކޮށްގެން ބަޔަކު ދިޔައީ ބްލެކްމެއިލް ކުރުމުގެ އަމަލުތައް ހިންގަމުންނެވެ. އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް އާންމު ކުރާނެ ކަމުގެ އިންޒާރު ދިނުމުން ބައެއް މީހުން ވަނީ އެ ވީޑިއޯތައް ފުހެލަން ޝަރުތުކޮށް އެތައް ހާސް ރުފިޔާއެއް ބްލެކްމެއިލް ކުރަން އުޅުނު މީހުންނަށް ދީފައެވެ.
އެ މައްސަލަ ފުލުހަށް ހުށައެެޅި ބަލަމުންދާތާ އެތައް މަސްތަކެއް ވެއްޖެ އެވެ. ފުލުހުން ކުރީންވެސް ވަނީ ބްލެކްމެއިލް ކުރުމުގައި އުޅުނު ބައެއް މީހުން ދެނެގަނެވިފައިވާ ކަމަށް ބުނެފައެވެ.