ދިވެހިންނަށް ފަސޭހައިން ޔޫރަޕަށް ދެވޭނެ ގޮތް ހޯދަން މަޝްވަރާކޮށްފި

ޖަޒީރާ ގައުމުތަކާއި ކަނޑުތަކާއި ބަޔޯޑައިވަސިޓީއާ ގުޅުންހުރި ކަންކަމުގައި ދެގައުމުގެ ދެމެދުގައި މަލްޓިލޭޓަރަލް އެއްބާރުލުން ދިނުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

ދިވެހިން ޔޫރަޕަށް ދަތުރު ކުރުމުގައި ފަސޭހަ ގޮތްތަކެއް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ. މި މަޝްވަރާތައް ކުރީ ފްރާންސުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީން-ފްރާންސުއާ ޕެކްޓެޓް، ރާއްޖޭގެ ހާރިޖީ ވަޒީރު މޫސާ ޒަމީރާއި ދެ ބޭފުޅުން ބައްދަލު ކުރައްވަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލު ކުރެއްވުމުގައި ޒަމީރު ވަނީ ސަފީރަށް މަރުހަބާ ވިދާޅުވުމާއެކު ރާއްޖެއާއި ފްރާންސާ ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރި ކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރ ޒަމީރާއި ފްރާންސް ސަފީރުގެ ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސޯދީ ތަރައްގީ އާއި، މޫސުމަށް އަންނަ ބަދަލުތަކާއި އެޑަޕްޓޭޝަނާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުން ފާހަގަ ކުރި އިރު ދިވެހިން ޔޫރަޕަށް ދަތުރު ކުރުމަށް ލުއި ގޮތް ހޯދައި ދިނުމާއި، ރާއްޖޭގެ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކުޑަ ކުރުމާ ބެހޭގޮތުން މަޝްވަރާތައް ކުރެއްވި އެވެ.

މީގެ އިތުރުން ޖަޒީރާ ގައުމުތަކާއި ކަނޑުތަކާއި ބަޔޯޑައިވަސިޓީއާ ގުޅުންހުރި ކަންކަމުގައި ދެގައުމުގެ ދެމެދުގައި މަލްޓިލޭޓަރަލް އެއްބާރުލުން ދިނުމާ ބެހޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

ކޮމެންޓް

1
450
މުޖޭ
7 months ago

ހާދަ އުނދަގޫ ކަމެކޭ ތި ޝެންގެން ވިސާ ޖެހުމަކީ. ޔޫރަޕަށް ދަންޏާ ފުރަތަމަ ދާނޮ ވީ ލަންކާއަށް ގޮސް އެތައް ދުވަހަކުން އުޅެގެން ވެސް އަދި ޔަގީނެއްނޫން ލިބޭކަމެއް، ކިތަންމެ އެޓެމްޓެއް އެބަހުރި ފެއިލްވެފަ . ކުޑަވަރެއްގެ ނޮހޮރައްޕާނެއް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.