އެމެރިކާގެ އިންތިހާބު މިއަހަރުގެ ނޮވެމްބަރު މަހު އޮންނާނެ އެވެ. މި އިންތިހާބުގައި ދެވަނަ ދައުރަކަށް ހޮވި ވަޑައިގަތުމަށް ރައީސް ބައިޑަން ކެމްޕޭނު ކުރައްވަމުން ގެންދަވާއިރު ބައިޑަން ތާއީދު އެމެރިކާގައި ވަރަށް ބޮޑަށް ވެއްޓިފައި ވެއެވެ.
އެ ރެލީއަށް ހުރަސް އަޅާފައި ވަނީ އިޒުރޭލުން ފަލަސްތީނުގެ ގާޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލަން ގޮވާލަމުންނެވެ. އެ މީނުން ބުނެފައިވާ ގޮތުގައި އިޒްރޭލަށް ހިތްވަރު ލިބެނީ ބަައިޑައިން ސަރުކާރުގެ މަދަދުން ކަމަށެވެ. އެހެން ވެގެން ގިނަ ބައެއް އެކު ވެގެން ވަނީ ބައިޑަންގެ ވާޖީނިއާ ތަގުރީރަށް ހުރަސް އަޅާފަ އެވެ.
ބައިޑަންއަށް ނިސްބަތްކޮށް އަޑުގަދަ ކުރި މީހުން ގޮވީ އިޒުރޭލުގެ ގަތުލު އާންމުތަކަށް ފަންޑު ކުރުން ހުއްޓާލުމަށާއި އިޒްރޭލުގެ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަން އެމެރިކާއިން އެންގުމަށެވެ. އޭގެ ތެރެއން ބައެއް މީހުން ވަނީ ބައިޑަންއަކީ ގާތިލެއް ކަމަށް ވެސް ސިފަކޮށްފަ އެވެ.
ކެމްޕޭނުގައި ވާޖީނިއާގެ އެހެން ސަރަހައްދަކަށް ވަޑައިގަތުމުން ބަޔަކު އެއްވެ ބައިޑަން އާއި މެދު ނުރުހުން ފާޅު ކުރި އެވެ. އެވެސް ފަލަސްތީނުގެ މައްސަލާގަ އެވެ.