އެހެންވެ، 11 ޖެނުއަރީ އިން ފެށިގެން ޝެޑިއުލްކޮށް އެކި ސަރަހައްދުތަކުން ދަނީ ކަރަންޓު ކަނޑަމުންނެވެ. އެކަމަށް އަވަސް ހައްލެއް ހޯދަން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
ފުވައްމުލަކު ސިޓީގައި ކަރަންޓުގެ ހިދުމަތް ފޯރު ކޮށްދޭ އިންޖީނެއް ހަލާކުވުމުގެ ސަބަބުން މުޅި ރަށުގެ ލޯޑް ހިފެހެއްޓޭ ވަރަށް ވުރެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ދަށްވެފައިވާތީ ރަށުން ކަރަންޓު ކަނޑަން ފަށައިފި އެވެ.
ފެނަކަ އިން މިއަދު ބުނީ އިންޖީނު ހަލާކުވީ މިދިޔަ ޑިސެމްބަރު 11 ވަނަ ދުވަހު ކަމަށެވެ. އެއީ ވިއްސާރަ ދުވަސްކޮޅު ކަމުން، އެ ދުވަސްވަރު ކަރަންޓު ކަނޑާލަން ނުޖެހުނު ނަމަވެސް، މޫސުން ރަނގަޅު ވުމާއެކު ކަރަންޓު ބޭނުން ކުރުމުގެ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
އިތުރަށް އެކަން ސާފު ކޮށްދެމުން އެ ކުންފުނިން ބުނީ ފުވައްމުލަކުގެ އެވްރެޖް އެންމެ މަތީ ލޯޑަކީ 4050 ކިލޯވޮޓް ކަމަށެވެ. އެންމެ މަތީ ލޯޑަކީ 4850 އެވެ. އެރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ހަތް ޖެނެރޭޓަރު ސެޓް ބޭނުން ކުރެ އެވެ. އޭގެ ތެރެއިން މައްސަލަ ޖެހިފައި ވަނީ 800 ކިލޯވޮޓްގެ ޖަނަރޭޓަރަށް ކަމަށާއި، އޭގެ ސަބަބުން ކަރަންޓު އުފެދޭ މިންވަރު 4000 ކިލޯވޮޓަށް ބަދަލުވެފައިވާ ކަމަށެވެ.
ފެނަކައިން ބުނީ، އެކަމަށް ހައްލެއް ލިބޭނީ ކައިރި ރަށަކުން 800 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެނެސްގެން ކަމަށް ނިންމައި ކައިރި ރަށަކުން ޖަނަރޭޓަރެއް ގެންނަން އެ ރަށަށް އުޅަނދެއް ވެސް ފޮނުވި ކަމަށެވެ.
"ނަމަވެސް ޖަނަރޭޓަރު ސެޓް އެހެން ރަށަކަށް ގެންގޮސްފިނަމަ ރަށުގެ އާންމު މަސްލަހަތު ގެއްލިދާނެ ކަމަށް އެކި ފަރާތްތަކުން މެނޭޖްމެންޓަށް ގުޅާ ޝަކުވާ ކރުުމުން، އަދި ތަފާތު އެތައް ސަބަބަކާހުރެ އެ މަސައްކަތް ހުއްޓާލަން ޖެހުން،" ފެނަކަ އިން ބުންޏެވެ.
މިފަދަ ހާލަތްތަކުގައި އެ ކުންފުނިން އަމަލުކުރާ އެމަޖެންސީ ޕްރޮކިއުމެންޓްގެ ދަށުން ވެސް ޖެނެރޭޓަރު ސެޓެއް ގެންނަން މަސައްކަތް ކުރި ނަމަވެސް، އެ ސައިޒްގެ ޖަނަރޭޓަރު ސެޓެއް މިވަގުތު ރާއްޖޭގައި ވިއްކަން ނެތް ކަމަށް އެކުންފުނިން ބުންޏެވެ.
އެހެންވެ، 11 ޖެނުއަރީ އިން ފެށިގެން ޝެޑިއުލްކޮށް އެކި ސަރަހައްދުތަކުން ދަނީ ކަރަންޓު ކަނޑަމުންނެވެ. އެކަމަށް އަވަސް ހައްލެއް ހޯދަން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
އެކުންފުނިން އިތުރަށް ބުނެފައި ވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޖެނެރޭޓަރު ސެޓްތަކުގެ މެއިންޓެނެންސްއަށް އަހައްމިއްޔަތު ކަމެއް ދީފައި ނުވާ ކަމަށެވެ.