އަންޑަވޯޓާ ޓަނަލަކުން މާލެއާ ރަސްމާލެ ގުޅާލާނެ: ރައީސް

މާލެއާ ހުޅުމާލެ އާއި ވިލިމާލެ އާއި ގުޅިފަޅާއި ގިރާވަަޅުފަޅާއި އުތުރުތިލަފަޅު ގުޅޭ ގޮތަށް މާލެ އާއި ރަސްމާލެ ވެސް ގުޅޭނެ ކަމަށާ އެކަން ކުރައްވާނީ އަންޑަވޯޓާ ޓަނަލަކުން ކަމަށް ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

އަންޑަވޯޓާ ޓަނަލަކުން މާލެއާ ރަސްމާލެ ގުޅާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.

މާލެ ސިޓީގެ އާ މޭޔަރާއި ތިން ދާއިރާއަކަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރުމަށް މިރޭ ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މާލެ ރައްޔިތުންނަށް ވެފައިވާ އެންމެ ބޮޑު ވައުދަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުން ކަމަށެވެ.

ފޭރާން ހެޔޮ ސިޔާސަތަކުން ގެދޮރުގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށާ ރަސްމާލެ މަޝްރޫއު ނުހިންގާ އެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މާލެ ރައްޔިތުން ބޭނުންވަނީ ގުޅިފައިވާ ރަށްތަކެއްގައި ދިރިއުޅެން ކަމަށް ވިދާޅުވެ އާ މޭޔަރު އާދަމް އާޒިމް ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ނުސީދާކޮށް މިރޭ ގޮވާލެއްވުމުން އެކަމަށް ނުސީދާ ރައްދެއް ދެއްވާ ރައީސް ވިދާޅުވީ މި ސަރުކާރުން ކުރާނީ ދެކޮޅު ޖެހޭ މަސައްކަތްތައް ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ

މާލެއާ ހުޅުމާލެ އާއި ވިލިމާލެ އާއި ގުޅިފަޅާއި ގިރާވަަޅުފަޅާއި އުތުރުތިލަފަޅު ގުޅޭ ގޮތަށް މާލެ އާއި ރަސްމާލެ ވެސް ގުޅޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަން ކުރައްވާނީ އަންޑަވޯޓާ ޓަނަލެއް މެދުވެރިކޮށް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ޓަނަލް ހަދާނީ ކަނޑު އަޑީގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް ކަމަށެވެ. އަދި އެ މަސައްކަތް ވެގެން ދާނީ ރާއްޖޭގެ ޓޫރިޒަމްގެ ބޮޑު މަޝްރޫއު އަކަށް ކަމަށް ވިދާޅުވި އެވެ. އަދި އެއާއެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އެތައް ގުނައެއް އިތުރު ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރާނީ ދެކޮޅު ޖެހޭ މަސައްކަތް،" ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅުންނަށް ރައްދު ދެއްވާ ރައީސް ވިދާޅުވި އެވެ.

ރައީސް މިރޭ ވިދާޅުވީ އެ މަޝްރޫއު ހިންގުމަށް ގާބިލް ކުންފުނިތަކާއި ވާހަކަ ދައްކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

1
450
ލަބީބް
7 months ago

5 އަހަރު ތެރޭ ކިހިނެތް ކުރާނީ ؟؟ ހުޅުމާލެ ބްރިޖް އެޅިޔަސް ކަނޑު އަޑީގައި ؟؟، މަދުވެގެން ބެނުންވާނެ 20 އަހަރު

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.