އާ މޭޔަރާއި ކައުންސިލަރުން ހުވާ ކުރައްވައިފި

އެ ބޭފުޅުން މަގާމުގެ ހުވާ ކުރެއްވީ މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއް ގައެވެ. މޭޔަރާއި ކައުންސިލަރުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެވެ.

މާލެ ސިޓީގެ އާ މޭޔަރު އާދަމް އާޒިމް މަގާމުގެ ހުވާ ކުރައްވަނީ

މާލެ ސިޓީގެ އާ މޭޔަރު އާދަމް އާޒިމް އާއި އަލަށް އިންތިހާބު ވީ ކައުންސިލަރުން މަގާމުގެ ހުވާ ކުރައްވައިިފި އެވެ.

އެ ބޭފުޅުން މަގާމުގެ ހުވާ ކުރެއްވީ މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއް ގައެވެ. މޭޔަރާއި ކައުންސިލަރުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި ވަޒީރުންނާއި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މާލެ ސިޓީގެ މި ދައުރުގެ ފުރަތަމަ މޭޔަރަކީ ރައީސް މުއިއްޒު އެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެވަޑައިގަތުމަށް އެ މަގާމުން އިސްތިއުފާ ދެއްވުމުން އާ މޭޔަރު ހޮވުމަށް ބައި އިލެކްޝަން ބޭއްވީ މި މަހުގެ 13 ވަނަ ދުވަހު އެވެ. 

މޭޔަރު ހޮވުމުގެ ރޭހުގައި ފަސް ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. އާޒިމް މަގާމަށް އިންތިހާބުވެވަޑައިގެންނެވީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޭޓް އާޒިމާ ޝަކޫރު ބަލި ކުރައްވައެވެ.

މިރޭ ދެން ހުވާކުރެއްވީ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރާއި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރެވެ. މި ކައުންސިލަރުންގެ ތެރެއިން މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އަހްމަދު ރިޝްވާން އިންތިހާބީ އެމްޑީޕީގެ ޓިކެޓްގައި ނަމަވެސް ހުވާ ކުރެއްވުމުގެ ކުރީން މިއަދު ވަނީ އެމްޑީޕީ ދޫކޮށް ކޮންގްރެސް ޕާޓީއާ ގުޅިފައެވެ.

ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ އެވެ. މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވީ ހަސަން ނިޒާމެވެ. އޭނާ އަކީ ވެސް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓެކެވެ.

ކޮމެންޓް

1
450
ފާތުން
7 months ago

މޭޔާރު ވެސް ޕާޓީ ބަދަލުކޮއްލަން ފެނޭ- ކޮންގްްރެސް އަށް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.