ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ހަނިމާދޫ އެއާޕޯޓަށް ފުރަން ގޮސް ހުރި މީހަކު އޭނާގެ އަތުގައި ބޮމެއް އޮތް ކަމަށް ބުނެ ބިރު ދައްކާފައިވާ ކަމަށެވެ.
އެ މީހާ ހައްޔަރު ކުރީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ހަނިމާދޫ އެއާޕޯޓަށް ފުރަން ގޮސް ހުރި މީހަކު އޭނާގެ އަތުގައި ބޮމެއް އޮތް ކަމަށް ބުނެ ބިރު ދައްކާފައިވާ ކަމަށެވެ. މިއަދު ހިނގި ހާދިސާ ގައި ބޮމެއް އޮތް ކަމަށް ބުނެ ބިރު ދެއްކީ ދިވެހި ފިރިހެނެކެވެ.
އޭނާ ހައްޔަރުކޮށްފައިވާ ކަމަށާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.