ރާއްޖޭގެ ހައި ޕްރޮފައިލް ސިޔާސީ މީހުނާއި ވިޔަފާރި ވެރިންނާއި ފުލުހުންނާއި ސިފައިންނާއި ރިސޯޓް މުވައްޒަފުންނާއި ވަކި ވަކީން އެއް އެނދެއްގައި އެއް ޖިންސުން ގުޅުން ހިންގި ކަމަށް އާންމު އިއުތިރާފެއް ވެފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލައިފި އެވެ. އޭނާގެ މައްޗަށް 40 ދައުވާއެއް އުފުލަ އެވެ.
ރާއްޖޭގެ ހައި ޕްރޮފައިލް ސިޔާސީ މީހުނާއި ވިޔަފާރި ވެރިންނާއި ފުލުހުންނާއި ސިފައިންނާއި ރިސޯޓް މުވައްޒަފުންނާއި ވަކި ވަކީން އެއް އެނދެއްގައި އެއް ޖިންސުން ގުޅުން ހިންގި ކަމަށް އާންމު އިއުތިރާފެއް ވެފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލައިފި އެވެ. ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ދެންމެ ބުނީ އޭނާގެ މައްޗަށް 40 ދައުވާއެއް އުފުލާފައިވާ ކަމަށެވެ.
އެއީ ވީޑިއޯތައް އުފެއްދި މައްސަލާގަ އެވެ.
ޕީޖީ އޮފީހުން ބުނީ ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގިރްގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ބ) ގެ ދެ ވަނަ ނަންބަރުގެ ދަށުން އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މީގެ ކުރީން އަލަމްގީރުގެ މައްޗަށް ވަނީ ތިން ދައުވާއެެއް އުފުލާ އެވެ. އެ ދައުވާތައް ސާބިތުވާ ކަމަށް ހުކުމްވެސް ކޮށްފައިވެއެވެ. އެއީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ތިން ދައުވާ އެވެ. އެ ދައުވާތަކަށް އޭނާ އިއުތިރާފުވެސް ވެފައިވެއެވެ. އެހެން ކަމުން ތިން ދައުވާ ސާބިތުވާ ކަމަށް ނިންމާ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމް ކުރީ އެވެ.
އޭނާގެ މައްޗަށް އެ ތިން ދައުވާ އުފުލީ ކެނެރީގެ ނާޒިމް ސައްތާރު އާއި ކުރީގެ މެންބަރު މުހައްމަދު ނަޝީދު އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ޑުރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ) ގައި މަަސައްކަތް ކުރާ ރަފީއު ނަމަކަށް ކިޔާ މީހަކާއެކުގައި ގުޅުން ހިންގުމުންނެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި އެހެން މީހުންނާއެކު އޭނާ ގުޅުން ހިންގި މައްސަލާގައިވެސް ވަކިވަކީން ދައުވާ ކުރާނެ އެވެ.
އަލަމްގީރު ގުޅުން ހިންގި މީހުންގެ އަދަދު 40 ވުރެ ގިނަ އެވެ. އޭގެ ތެރޭގައި ދިވެހީންނާއި އިންޑިއާ އަދި ބަންގާޅު މީހުން ހިމެނެއެވެ. އެ އެންމެންނާއެކު ގުޅުން ހިންގާ އެ މަންޒަރު އޭނާ ވަނީ ސިއްރުން ރެކޯޑް ކޮށްފައެވެ. އެ ހުރިހާ ވީޑިއޯތައް ފުލުހުންގެ ތަހުގީގަށް ހޯދާފައިވާއިރު ވީޑިއޯތަކުން ފެންނަ އެންމެން ދެނެގަނެވިފައެއް ނުވެއެވެ. ގުޅުން ހިންގާ މަންޒަރު ސިއްރުން ރެކޯޑް ކުރީ ފަހުން ބަލައިލުމުގެ ބޭނުމުގައި ކަމަށާ އެކަން ކުރީ ބްލެކްމެއިލް ކުރުމުގެ ބޭނުމުގައި ނޫން ކަމަށް އަލަމްގީރު ބުނެއެވެ.
ވީޑިއޯތައް ބޭރުވީ އޭނާ އެ ވީޑިއޯތައް ގެންގުޅުނު ފޯން ބަޔަކު މީހުން އަތަށް ލިބުމުން ކަމަށާ އެ ފޯނުގައި އޭރު އެ ވީޑިއޯތައް ނުހުންނާނެ ކަމަށްވެސް އޭނާ ބުނެއެވެ. ވީޑިއޯތައް ޑިލީޑްކޮށްފައި ވަނިކޮށް އަލުން އެ ވީޑިއޯތައް ބަޔަކު ރިކަވާ ކުރީ ކަމަށެވެ. އެކަން ކުރީ އޭނާއާ ގުޅުން އޮންނަ ބައެއް ނޫން ކަމަށްވެސް ބުނެއެވެ. ނަމަވެސް އާންމުވެފައިވާ ވީޑިއޯތަކުން އެއޯ ފޯނަކުން ރެކޯޑްކޮށްފައިވާ ވީޑިއޯތަކެއް ނޫން ކަމަށް ބެލެވެއެވެ. އެހާވެސް މަންޒަރު ސާފެވެ. އަދި އެއީ ދިވެހީންގެ ބަޔަކާ ގުޅިގެން އޭނާ ކުރި ކަމެއް ކަމަށްވެސް ބައެއް ފަރާތުން ބުނެއެވެ. އެކަމާއި ގުޅޭގޮތުން ފުލުހުން އެއްޗެއް ނުބުނެއެވެ.