މޯލްޑިވިއަންގެ އާ ބޯޓް ފްރާންސުގައި، އަންނަ މަހު ރާއްޖެއަށް

މޯލްޑިވިއަން އިން ދަނީ ބޮޑެތި ބޯޓުތަކެއް ގެނެސް ރާއްޖޭން ޔޫރަޕާއި ޗައިނާއަށް އުދުހުން ފަށަން ތައްޔާރު ވަމުންނެވެ.

މޯލްޑިވިއަންއިން އަންނަ މަހު ގެންނަ ބޯޓު ފްރާންސުގައި -- އޭވިއޭޓާ

ގައުމީ އެއާލައިން މޯލްޑިވިއަން އިން އަލަށް ގެންނަ އޭޓީއާރު ފްލައިޓް ފްރާންސުގައި ޓެސްޓް ފްލައިޓްތަކެއް ފަށައިފި އެވެ.

ވައިގެ ދަތުރުފަތުރުގެ މައުލޫމާތު ގެނެސްދޭ އޭވިއޭޓާއިން ވަނީ ފްރާންސުގައި މޯލްޑިވިއަން އިން އަލަށް ގެންނަ ބޯޓު އޮތް ފޮޓޯއެއް އާއްމުކޮށްފަ އެވެ.

މޯލްޑިވިއަން އިން މިހާރު ގެންނަން މަސައްކަތް ކުރަނީ އެ ކުންފުނީގެ ހަތަރު ވަނަ އޭޓީއާރު 42-600 މަރުކާގެ ބޯޓެކެވެ. މިހާރު އެ ކުންފުނީގައި ދެ އޭޓީއާރު 72-600 އާއި އެއް އޭޓީއާރު 42-600 މަތިދާ ބޯޓު އޮވެ އެވެ.

އޭވިއޭޓާއިން ބުނެފައިވާ ގޮތުގައި މޯލްޑިވިއަން ފްރާންސުގައި މިހާރު ކުރަމުން ގެންދާ ޓެސްޓް ފްލައިޓްތައް ނިމުމުން، އަންނަ މަހު ބޯޓު ރާއްޖެ އަންނާނެ އެވެ.

ގައުމީ އެއާލައިން އިން ވަނީ އެ ކުންފުނީގެ "މުސްކުޅި" ބޯޓުތައް ބަދަލުކޮށް އާ ބޯޓުތަކެއް ވުޖޫދު ކުރަން މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން މަސައްކަތް ކުރަމުން ގެންދަނީ މިހާރު ހުރި ބޯޓުތައް ދޫކޮށް އެ ކުންފުންޏަށް އޭޓީއާރުގެ އަށް  ބޯޓު ހޯދުމަށެވެ. 

ސަރުކާރުން ވަނީ މޯލްޑިވިއަން ފުޅާ ކުރަން ޕްލޭންކޮށް ބޮޑެތި ބޯޓު ގަންނަން ފައިސާ ދީފަ އެވެ. މި ފައިސާ ހަމަޖެހުމާއެކު ކުރިއަށް އޮތް ހަ މަސްތެރޭގައި ޔޫރަޕާއި ޗައިނާއަށް އުދުހުން ފަށަން އެ ކުންފުނިން ޕްލޭންކޮށް ވަނީ މަސައްކަތް ފަށާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.