ކޮލަމް

ޝާޒު ވަލީދުގެ ލިޔުމެއް: ގައުމު ހެއްޔެވެ؟ ނޫނީ ގައުމިއްޔަތު ހެއްޔެވެ؟

މަސްތުވާތަކެއްޗައް ދެވިހިފާފައި ތިބި ޒުވާނުން ރިހިބިލޭޓް ކުރާން ސިފައިންނާއި ހަވާލުކޮށް އަހަރުގެ ހެވިކަން ދަސްކުރުވާ މަސްތުވާ ތަކެއްޗާ ދުންފަތާ ދުރުކުރާންވީ އެވެ. ސިޔާސީ ފިކުރު އެއް ފަރާތް ކުރަން ޖެހެ އެވެ.

ފުލުހުން ހިންގި ޑްރަގް އަތުލައިގަތުމުގެ އޮޕަރޭޝަނެއްގެ ތެރެއިން -- ފައިލް ފޮޓޯ

ގައުމީ މަސްލަހަތެވެ. ގައުމިއްޔަތެވެ. ދިވެހިވަންތަ ދިވެހީން ނެވެ. އިހު ދިވެހީން އުޅުނު އާދަކާދަ ތައް އައުލާ ކޮއް ދިރުވުމުގެ ބަހުސް ކުރުމުގައި އެވެ. ސިޔާސަތުން ރުކުރުވާލާ ރާވާ ހިންގަނީ ދިވެހި ވަންތަ ރާއްޖެ އެއް ބިނާކުރާށެވެ. މީ ކޮންމެ ސިޔާސީ ޕާޓީ އެއްގެ ވިޔަސް ވެރިކަމާ ބަގުޑިބައްދާ ކޯޅޭ ކޮންމެ ބައިގަނޑެއް ގެ ވެސް ފަލްސަފާ ނުވަތަ ފިކުރު ކަމައް ބުނެ ގޮވާ ނަގައެވެ.

ގައުމުގެ ހާލަތު ދުވަހުން ދުވަހައް ދަނީ ގޯހުން ގޯހަށެވެ. ނެތިފަނާވެ ދަނީ ޖީލުތަކެވެ. ގައުމީ މައްސަލަހަތައް ވުރެން އިންސާނީ ކަރާމަތާއި އަގު މާ ބޮޑު ކަމައް ދައްކުވައިދޭ ފިކުރެއް ދިރި ގައުމު ފާނެވެ ދަނީ ތައުލީމީ މަންހައްޖު ގެ ސަބަބުން ނޭވެސް ބުނެވިދާނެ އެވެ. ރާއްޖޭގެ އިޖްތިމާއީ ތައުލީމެއް ދޭ މަދަރުސާއެެއްނެތެވެ. އިޖްތިމާއި ގޮތުން ދަރިވަރުން ތަރުބިއްޔަތު ކުރާނެ ހަރުދަނާ ސިޔާސަތުތަކެއް ނެތް އިރު ހަރުދަނާ މުދައްރިސުންނާއި ނާޒިރުން ނެތް ނެތެވެ. 

މަދަރުސީ ދައުރަށް ޖެހިލާނަމެވެ. އެމްއީއެސް ގައި ކިޔެވުން ހޭދަ ކުރި ދުވަސް ވަރަށެވެ. ޕްރިސިޕަލް އަލީ މުސްތަފާ އެވެ. އާރު ކޭ އާއި އަދުނާނެވެ. މަދަރުސީ ދުވަސްވަރު އަހަރެންނަކީ ލާނެއް އަދި ހަލަނި އަނގަދަ މިތުރެކޭ ބުނާހާ ވެސް ސަކަރާތް ޖަހާ ސަމާސާ ބޮޑު ކިލާހުގައި ދެން ތިބީންނަށް ކިޔަވާން ދަތިކުރާ ވަރު ގެ އަނގަދަ މިތުރެކެވެ. މަދަރުސާ އިން އަދަބު ލިބުމުގެ ލާމަސީ ލެކެވެ. ބުރާސްފަތި ދުވަހު ކިލާސް ނިމި ގެއަށް ދިއުމުގެ ކުރީ ން ކުޑަ ކަކޫ ޖަހަން ޖެހޭ ވަރުކު ކޮއްލަމެވެ. އެއީ ހުކުރު ހޮނިހިރު ގެ ސަމާސާ ގަނޑާއި ގޭގައި ފޫހިވެ ދާނެ ތީ ކަމައް ބަލާ ބައެއް ޓީޗަރުން ސިފަކޮއްލާނެ އެވެ. ގެއައް ދާއިރު ހެޑްމާސްޓަރު ސީދާ ދޭ ހޯމްވޯކެއް އޮވެއެވެ. 

"އަޅުގަނޑު މީގެ ފަހުން ކުލާހުގައި ސަކަރާތް ނުޖަހާ އަދި މުދައްރިސުން ދޭ ފިލާވަޅުތަކައް ސަމާލު ކަންދޭނަމެވެ" މިހެން ހައްސަ ފަހަރު ލިޔާން ޖައްސަ އެވެ. ބެލެނިވެރިންނަށް ފޮތް ދައްކާކަށް ނުކުރެ އެވެ. ހެޑްމާސްޓަރު ގެ ހޯމްވޯކް ހަދަނީ ވަގަށް ފަތިހު ހޭލާހުރެ އެވެ. ފަހަރުގައި ގޭ މިހަކަށް ފެނިދާނެތީ އެވެ.

ކޮންމެ އަކަސް އަޚްލާގާއި އަދަބު ބިނާވެ ތަރައްގީ ކުރެވެނީ ހަރުދަނާ ތައުލީމީ ނިޒާމެއްގެ ތެރެއިން ކަން ދުނިޔެ ދަސްކޮއްފި އެވެ. ނަމަވެސް އަޅުގަނޑުމެން ގެ މިކުޑަ ކުޑަ ރާއްޖޭ ގެ މުސްތަގްބަލް ދަނީ ގެއްލެމުން ނެވެ. ޒުވާން ޖީލު ޑްރަގް ގެ ވަބާގައި ޖެހި ފަނާވެއްޖެ އެވެ. ކޮކެއިން އާއި ޕާޓީ ޑްރަގް ފަދަ ނުރައްކާތެރި ހުރި ހުރިހާ ބާވަތެއް މަގުމަތީ ގަންނާނެއްބާ ގޮވަމުން ދާއިރު ދައުލަތުން އެތައް ހޭދަ އެއްކުރާ ކަމާބެހޭ މުއައްސަސާތައް ވަނީ ކަނުވެފަ އެވެ. ނޫނީ ޕެރަލައިޒްވެފަ އެވެ. މުއައްސާތައް ކިތަންމެ ހަރުދަނާކުރާން ހަރުދަނާ އުސޫލު ތަކެއް ގާއިމު ކުރިއަސް އެ މުއައްސަސާ ތައް ހިންގާ އަދި ހިނގުވާން ތިބި މީހުން ގެ ޖީބު ތަކައް އެ ހަޑި ވިޔަފާރީ ގެ ފައިދާ ވަންނަ ނަމަ ޑްރަގް ވަބާ އިން ގައުމު ސަލާމަތެއް ނުކުރެވެނޭނެ އެވެ.

ރައްޔިތުން ގެ މަޖްލީހަށް ބަލާލިޔަސް ހަމަ މިބުނާ ޑްރަގް މަސްތުގައި ޖެހިފައި ތިބި އިއްޒަތްތެރި މެންބަރުން ގިނަ އެވެ. އެއީ ގާނޫނު ހަދާ މަޖްލީހުގެ އަހުލާގެވެ. މަތީ ގެ އެއޮތީ ގޯސްވެފަ އެވެ. ދެން އޮތީ ޝަރުއީ ނިޒާމާ މެދެވެ. އިއްޒަތެރި ފަނޑިޔާރު އިންނަވާ ހާލާމެދު ވެސް ޝައްކު އުފެދޭ ވަރަށް ގައުމު ފަނާ ވެއްޖެ އެވެ.

ގައުމާ މެދު ވިސްނާ ފިކުރު ކޮއްލާ ކޮންމެ ހިނދަކު ވިސްނެނީ ނާމާން ކަމެއްގެ ތެރެއައް ގައުމު ގަރަގް ވަމުން ދާ މަަންޒަރެވެ. ހައްލެއްނެތީ އަކީ ނޫނެވެ. ވެރިންގެ ބާރު ކުޑައަކީވެސް ނޫނެވެ ނުކެރެނީ އެވެ. ނުވަތަ ކުރާން ބޭނުން ނުވަނީ އެވެ.
ގައުމު ޑްރަގް ވަބާއިން ސަލާމަތް ކުރާން ފުލުހުންނަށް ބާރު ލިބި ކަމާބެހޭ ހުރިހާ އާލަތް ތަކެއް ދައުލަތުން ވަނީ ދީފަ އެވެ. ކުއްތާ ވެސް ދެވިފަ އެވެ. ގާނޫނު ކަނުކުރާން ޖެހޭ ވަގުތު ފުލުހުންނާއި މުއަސްސަސާތަކައް އަތުވެއްޖެ އެވެ. ސްޓޭޓް އެމެޖެންސީ ހިންގާގެން ނަމަވެސް ވަކި ގެއެއް ނުބަލާ ވަކިތަނެއް ނުބަލާ ކުއްތާތަކުގެ ބަނުން ހިފާ މުޅި މާލެ އާއި ހުރި ހާ ރަށެއް ބަލާ ފާސް ކުރާން ވީ އެވެ. ރޭދުވާލު ކުއްތާ ތަކުގެ ބަނުން ހިފާގެން މާލެ އާއި ހުޅުމާލެ އަދި ވިލިގިލި ގެއަކަށް ފަހު ފްލެތެއްބަލާ ފާސްކޮށް މާލެ އައި ހުޅުމާލެ އަމާން ތަނަކައް ހަދާން ވީއެވެ.

މަސްތުވާތަކެއްޗައް ދެވިހިފާފައިތިބި ޒުވާނުން ރިހިބިލޭޓް ކުރާން ސިފައިންނާއި ހަވާލުކޮށް އަހަރުގެ ހެވިކަން ދަސްކުރުވާ މަސްތުވާ ތަކެއްޗާ ދުންފަތާ ދުރުކުރާންވީ އެވެ. ވެރިކަށް 15 ހަފްތާ ވަމުން ދާއިރު ވެރިރަށުގެ މޭޔަރަށް ވެސް ހަފްތާ އެއްވަނީ އެވެ. ސިޔާސީ ފިކުރު އެކަހެރިކޮށް މޭޔަރުގެ އަޒުމަކަށް ވާންވީ ޕާކުތަކުގައި މަސްތުވުން ހުއްޓުވުމަށެވެ. އަމާން ގައުމަކަށް ހަދާ ގައުމިއްޔަތެއް ބިޔާ ކުރާށެވެ. ސަރުކާރާއެކު ގައުމު މި ނުރައްކަލުން ސަލާމަތް ކުރުމަށެވެ. ވިސްނާން ވީ ގައުމަށެވެ. ދެން ގައުމިއްޔަތަށެވެ. ސިޔާސީ ފިކުރަކަށް ނޫނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.