މާލެ ސަރަހައްދުން ގޯތި ލިބުނު ހުރިހާ އެންމެންްނަށް ބައްދަލްވުމަށް ދައުވަތު ދީފައިވެ އެވެ. ބައްދަލްވުން އޮންނާނީ މިރޭ 8:00 ހައި ސަލްޓަން ޕާކު އޯޕަން ސްޓޭޖް ގައެވެ.
މާލޭ ބިންވެރީންގެ ސައްލާ މިރޭ ބޭއްވުމަށް ހަމަޖައްސާ މާލެ ސަރަހައްދުން ބިން ލިބުނު ހުރިހާ އެންމެންނަށް ދައުވަތު ދީފި އެވެ.
މާލެ ބިންވެރީންގެ ސައްލާ ބާއްވަަނީ ހަތަރު ޖަމިއްޔާ އެއް ގުޅިގެންނެވެ. އެއީ ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަން އާއި ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި މަލެ ރަށްވެހީންގެ ޖަމިއްޔާ އަދި ހުޅުމާލެ ރައްޔިތުންގެ ކޮމެޓީ ގުޅިގެންނެވެ.
މި ހަތަރު ޖަމިއްޔާގެ ފަރާތުން ހާއްސަ މަންދޫބެއް ކަނޑައަޅާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ވަނީ ބައްދަލު ކުރައްވާފައެވެ. އެ ޖަމިއްޔާތަކުން ބުނީ މި ބައްދަލްވުމުގައި މާލޭ ބިންވެރީންގެ ސައްލާ ބައްދަލްވުމުގެ މައުލޫމާތު ރައީސާއި ހިއްސާ ކުރައްވާފައިވާ ކަމަށެވެ.
ޖަމިއްޔާތަކުގެ މަންދޫބެއްގެ ގޮތުގައި ބައިވެރިވީ ސުނާދު ލަތީފެވެ. މި ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހާއްސަ މެސެޖެއް ދެއްވާފައި ކަމަށް ޖަމިއްޔާތަކުން ބުނެ އެވެ.
މި މެސެޖު މިރޭ އޮންނަ މާލޭ ބިންވެރީންގެ ސައްލާ ގައި ހާމަ ކުރާނެ ކަމަށް ވެސް ބުންޏެވެ. މާލެ ސަރަހައްދުން ގޯތި ލިބުނު ހުރިހާ އެންމެންްނަށް ބައްދަލްވުމަށް ދައުވަތު ދީފައިވެ އެވެ. ބައްދަލްވުން އޮންނާނީ މިރޭ 8:00 ހައި ސަލްޓަން ޕާކު އޯޕަން ސްޓޭޖް ގައެވެ.
ކުރީ ސަރުކާރުން ވަނީ މާލެ ސަރަހައްދުން ގިނަ ބަޔަކަށް ގޯތި ދޭން ނިންމާފައެވެ. ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަޅުފަޅުން ގޯތި ދޭން ނިންމި އެވެ. ނަމަވެސް ސަރުކާރު ބަދަލުވީއިރު ގިނަ ގޯތިތައް ދޭން ނިންމި ސަރަހައްދު އޮތީ ނުހިއްކަ އެވެ. އެ މަަސައްކަތް މި ސަރުކާރުން ދަނީ ކުރަމުންނެވެ. އެ ގޮތުން ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަޅުފަޅު ދަނީ ހިއްކަމުންނެވެ. ސަރުކާރުން ވަނީ ގުޅިފަޅާއި ގިރާވަޅުފަޅުން ކުރީން ހިއްކަން ހަމަޖެހިފައި އޮތް ސަރަހައްދަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކަން މިހާރު ނިންމާފައެވެ.
މާލެ ރައްޔިތުންނަށް ގޯތި ދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެއް ނަަމަވެސް އެ ވައުދު ފުއްދުމުގެ މަސައްކަތް ފެށީ ދައުރުގެ އެންމެ ފަހުކޮޅު އެވެ. ގޯތި ދިނުމުގެ މަސައްކަތް ނުނިމި އާ ސަރުކާރަށް އެ މަސައްކަތް ލައްވާލީ އެ ސަބަބާއި ގުޅިގެންނެވެ.
ރައީސް މުއިއްޒު ވަނީ މުޅި އާ ޝަހަރެއްގެ ގޮތުގައި ފުށިދިއްފަރުފަޅު ތަރައްގީ ކުރުމުގެ މަަސައްކަތް ފައްޓަވާފައެވެ. ހުޅުމާލޭގެ ތިން ގުނަ ބޮޑު ބިމެއް ހިއްކާ "ރަސްމާލެ" ނަމުގައި އެ ޝަހަރު ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެ ފައެވެ. ވެރިކަމުގެ ފުރަތަމަ މަސް ދުވަސް ތެރޭ ބިން ހިއްކުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ޕްލޭން ގައި އޮތީ އަށް މަސް ތެރޭ ބިން ހިއްކާ ނިންމުމެވެ.
ދިވެހީންގެ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާ -- ޗައިނާއާ އެކު ފުށިދިއްގަރު ތަަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުއެއް ގައި މިހާރު ވަނީ ސޮއިވެސް އަޅާފައެވެ. އެގޮތުން ޗައިނާގެ އެހީގައި އެ ޝަހަރު ގައި 30،000 ގެދޮރު އިމާރާތް ކުރުމުގެ ބިޔަ މަޝްރޫއުއެއް ހިންގަން ދެ ގައުމުން ވަނީ އެއްބަސް ވެފައެވެ. ރަސްމާލޭގެ ފެނާއި ނަރުދަމާ އަދި މަގުހެދުމާއި އެ ނޫން ވެސް އަސާސީ މަސައްކަތްތައް ކުރަން ވެސް ޗައިނާއާ އެކު އެއްބަސްވުމެއް އެބަ އޮތެވެ.