"ކަންބަޅި" ފެންނަން ދެން އޮތީ 12 ދުވަސް، ތައްޔާރުތަ؟

ދިވެހި ފިލްމް "ކަންބަޅި" ކެރެކްޓާ ޕޯސްޓަރުތައް

އައި ފިލްމްސްގެ އާ ފީޗާ ފިލްމަކީ "ކަންބަޅި" އެވެ. ވަރަށް ތަފާތު ނަމެކެވެ. މިއީ ޒުވާން އައި ފިލްމްސް ސްޓޫޑިއޯގެ ތިންވަނަ ފީޗާ ފިލްމެވެ. 

މި ފަހުން ދިވެހި ފިލްމީ ސިނަމާއަށް އައި އެންމެ ރީތި ފިލްމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތް "ބަވަތި" އަދި "ނީނާ" އުފެއްދި ސްޓޫޑިއޯގެ ތިންވަނަ ފީޗާ ފިލްމު ސްކްރީން ކުރަން ދެން އޮތީ 12 ދުވަހެވެ.

ފިލްމު އިޝްތިހާރު ކުރުމުގެ މަސައްކަތް އެ ސްޓޫޑިއޯ އިން ކުރަމުން އަންނައިރު ބެލުންތެރީން ތިބީ ކެތްތެރިކަމެއް ނެތި ފިލްމް ބަލާލުމުގެ ބޮޑު ޝައުގުވެރި ކަމެއް ގައެވެ. 

އެންމެންގެ ވެސް ސުވާލަކީ އެއް ސުވާލެކެވެ. ފިލްމަށް "ކަންބަޅި" ކިޔާފައި ވަނީ ކީއްވެ ހެއްޔެވެ. 

މިހާތަނަށް ފިލްމުގެ ޓްރެއިލާ ދައްކާލާފައިވާއިރު ޓްރެއިލާ ގައި ވެސް ކުރާ އެއް ސުވާލަކީ "ކަންބަޅި" އަކީ ކާކު ހެއްޔެވެ. އެ ސުވާލު އެގޮތުގައި އޮއްވާ އަނެއްކާ ވެސް ސުވާލުވީ އިތުރެވެ. އެއީ ފިލްމުގެ މުހިންމު ކެރެކްޓާތަކުގެ ޕޯސްޓަރުތައް އާންމު ކުރުމުންނެވެ.

ޖުމްލަ 12 ކެރެކްޓާގެ ޕޯސްޓަރުތައް ވަނީ އާންމުކޮށްފައެވެ.

އެންމެ ޕޯސްޓަރެެއްގެ ފިޔަވާ އެހެން ހުރިހާ ޕޯސްޓަރުތަކެއް ގައި ކަންބަޅީގައި ހުންނަ ކަހަލަ ދަޅެއް ފެންނަން ހުރެ އެވެ.

ދަޅެއް ފެންނަން ނެތީ މި ފިލްމުން ފެނިގެންދާ އުމުރުން ހަ އަހަރުގެ ސާރާ ބިންތު މުހައްމަދު ފާރިގްގެ އެވެ. ސާރާ މި ފިލްމުން ފެނިގެން ދާނީ އަލައިނާގެ ކެރެކްޓާ ގައެވެ.

ދެން ތިބި 11 ކެރެކްޓާގެ ޕޯސްޓަރު ގައި ވެސް ކަންބަޅި ދަޅެއް ފެންނަން ހުރުމުން "ކަންބަޅި" އަކީ ކޮބައިތޯ ކުރެވޭ ސުވާލު އިތުރަށް ފުންވީ އެވެ. ވާނުވާގެ ތެރެއަށް ދިޔައީ އެވެ.

ފިލްމުގައި އެންމެ މުހިންމު ރޯލްތަކުން ފެނިގެން ދާނީ ޒުވާން ދެ ތަރީން ކަމަށްވާ ވާޝިޔާ މުހައްމަދާއި ޝަރަފުއްދީނެވެ. ވާޝިޔާ ފެންނާނީ އާލިންގެ ނަމުގައެވެ. ޝަރަފުގެ ނަމަކީ އިންމަ އެވެ.

މީގެ އިތުރުން އައި ފިލްމްސްގެ ފިލްމުތަކުގެ އެންމެ މުހިންމު ރޯލްތަކުން ފެންނަ ނުޒުހަތު ޝުއައިބު މި ފިލްމުން ވެސް ފެނިގެން ދާނެ އެވެ. ނުޒޫ ފެންނާނީ އާލިއާ ގެ ރޯލުންނެވެ.

ގިނަ ދުވަސްތަކަކަށް ފަހު ރަވީ ފާރޫގު ވެސް މި ފިލްމުން ފެނިގެންދާނެ އެވެ. އެކްޓިން ގައި އެފަދަ ދެވަނަ އެއް ނެތް ރަވީއާ އެކު މި ފިލްމަށް ބޮޑު ފުރިހަަމަ ކަމެއް ގެނެސްދޭނެ ކަމަށް ބެލެވެ އެވެ. ރަވީ ފެންނާނީ އަރީޝްގެ ނަމުގައެވެ.

މީގެ އިތުރުން އިފްނާޒް އާއި ތާތި އާދަމް އާއި އިޝްފާންގެ އިތުރުން އަލީފް އާއި ޗަންނަ އަދި ހާފިޒް އާއި ފާތުން ވެސް މި ފިލްމުން ފެނިގެންދާނެ އެވެ. ފިލްމުގައި ހިމެނޭ ހާފިޒަކީ ހެއްވާ މަޖާ ވީޑިއޯތަކުން މީހުންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ މީހެކެވެ.

"ކަންބަޅި" އަކީ ކުޅަދާނަ ލިޔުންތެރިޔާ އަދި އައިފިލްްމްސްގެ މޮޅެތި އުފެއްދުންތަކުގެ ފަހަތުގައި ހުރި އިލްޔާސް ވަހީދު (އިއްޔެ) ލިޔެ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. އިއްލެއާ އެކު މި ފިލްމުގެ ޑައިރެކްޝަން ގައި އިފްނާޒް ވެސް ބައިވެރިވި އެވެ. އަންނަ މަހުގެ ފުރަތަމަ ދުވަހު ރިލީޒް ކުރާ މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ އިއްލެ އާއި އާސިމް އަލީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.