އެފްއެންބީ ޝޯ | 35 ސްޓޯލް، ރަހަ ބަލަން ދާންވާނެ

މި އަހަރުގެ އެފްއެންބީ ޝޯގައި ދިވެހި ގިނަ ފަރާތްތަކުން ބައިވެރިވެ އެމީހުންގެ އުފެއްދުންތައް ދައްކާލަން ބަހައްޓާފައިވެ އެވެ.

މި އަހަރުގެ އެފްއެންބީ ޝޯގެ ސްޓޯލެއް

ތަފާތި ބާވަތްތަކުގެ ކާއެއްޗިއްސަށް ލޯބި ކުރަން ހެއްޔެވެ؟ މީރު އެއްޗިހި ރަހަ ބަލާލަން ބޭނުން ހެއްޔެވެ؟ މިފަދަ ގިނަ ރަހަތަކެއް މިހާރު ހުޅުމާލޭގައި ކުރިއަށްދާ ފުޑް އެންޑް ބެވަރޭޖަސް ފެއާ (އެފްއެންބީ) ޝޯގައި އެބަހުއްޓެވެ

ރާއްޖޭގެ ހައިރައިސް ކުންފުނިން އިންތިޒާމުކޮށްގެން މާދަމާ ރޭގެ ނިޔަލަށް ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އަހަރުގެ އެފްންބީ ޝޯގައި 35 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާނެ އެވެ. 

މި ތަނުގައި ރާއްޖޭގައި ކެއިން ބުއިމުގެ ސާމާނު ވިއްކާ ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ. މީގެތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ހިމެނެ އެވެ. 

މި ފެއާގައި ރިސޯޓްތަކާއި ހޮޓަލްތަކާއި ގެސްޓް ހައުސްތަކާއި ލައިވްބޯޑްތަކާއި ރެސްޓޯރެންޓް އަދި ފުޑްސާވިސް އޮޕަރޭޓަރުންނާއި ފުޑްސާވިސް ކޮންސަލްޓަންޓުންނާއި އެކްސްޕޯޓަރުން / އިމްޕޯޓަރުންނާއި އެހެނިހެން ފަރާތްތަކުން ބައިވެރިވެ އެވެ. ސްޓޯލް ތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ އަދި ބޮޑު އިނާމު ތަކެއް ހޯދުމުގެ ފުރުސަތު ލިބެނީ މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބާއްވާ ލަކީ ޑްރޯތަކުންނެވެ.

މި ފެއާ ބާއްވާ ހައިރައިސްއަކީ 15 އަހަރަށް ވުރެ ގިނަ ދުވަހުގެ އިންޑަސްޓްރީގެ ތަޖުރިބާއާއި އާދަޔާ ހިލާފު ތަޖުރިބާތައް އުފެއްދުމަށް ޚާއްސަ އިން-ހައުސް އިވެންޓް ސްޕެޝަލިސްޓުންގެ ޓީމެއް ހިމެނޭ ކުންފުންޏެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.