ދިގުރަށުގައި ތުއްތު ކުއްޖާ މަރާލައި އެއްލާލި މީހާއަށް ދައުވާ އުފުލައިފި

ވިހެއީ ފާހާނާ ތަށި ތެރެއަށެވެ. އަދި ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި، ކުއްޖާގެ ފޫޅު ދަނޑި ބުރިކޮށްލި އެވެ. އެކަމަކު ފޫޅުގައި ގޮށް ނުޖަހައި، ކޮތަޅުތަކަކަށް ލި އެވެ.

އދ. ދިގުރަށް: ވިހާފައި ކުއްޖަކު އެއްލާލި މައްސަލައިގައި ލަންކާ އަންހެނަކަށް ވަނީ ދައުވާކޮށްފައި --

އދ. ދިގުރަށުގައި ވިހެއުމަށް ފަހު ކޮތަޅަކަށްލާ ތުއްތު ކުއްޖަކު އެއްލާލި މައްސަލައިގައި، އެކުއްޖާގެ މަންމައަށް ދައުވާ ކޮށްފި އެވެ. 

މި މައްސަލައިގައި ދައުވާ ކޮށްފައި ސްރީލަންކާ ރައްޔިތެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށެވެ. އޭނާ ހައްޔަރު ކުރީ އެކަން ކުރުމަށް ފަހު ފިލައިގެން ލަންކާއަށް ފުރާން ވީއައިއޭ ގައި ހުއްޓައެވެ. އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އޭނާގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފަ އެވެ. އެއީ؛

  • 1.އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ (10 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް)
  • 2.ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތަކަށްވެ ހުރެ، ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްދުގައި ހިންގުމުގެ ކުށުގެ ދައުވާ (3 އަހަރުގެ ޖަލު ހުކުމެއް)
  • 3.އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާ (9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް)

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވަނީ ތަހުގީގަށް ހާމަވި ބައެއް މައުލޫމާތުތައް ހިއްސާ ކޮށްފަ އެވެ. ހިރަންޏާ އުޅުނީ ބަލިވެ އިންކަން ވެސް ސިއްރު ކޮށްގެންނެވެ. އޭނާ ވިހެއީ ޝަބްނަމްގޭގެ ކޮޓަރިއެއްގައި ހުންނަ ފާހާނައެއްގެ ތެރޭގަ އެވެ. ވިހެއީ ފާހާނާ ތަށި ތެރެއަށެވެ. އަދި ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި، ކުއްޖާގެ ފޫޅު ދަނޑި ބުރިކޮށްލި އެވެ. އެކަމަކު ފޫޅުގައި ގޮށް ނުޖަހައި، ކޮތަޅުތަކަކަށް ލި އެވެ. އެއީ ކުއްޖާ ގަސްތުގައި މަރާލަން ކޮށްފައިވާ ކަމެކެވެ.

އަދި އެ ރަށު ފަރީދީ މަގަށްވާ ގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު އެއްލާލި އެވެ. އޭގެ ފަހުން ދެން އޭނާ މަސައްކަތް ކުރީ އަވަހަށް ފުރައިގެން މާލެ އަންނާށެވެ. މާލެ އައިސް މާލޭގައި ވަގުތުކޮޅަކު މަޑުކުރުމަށް ފަހު ފުރައިގެން ހުޅުލެއަށް ދިޔަ އެވެ. ހުޅުލެއަށް ފުރަން ގޮސް ޗެކިން ވެސް ވި އެވެ. ފުލުހުން އޭނާ ހިފެހެއްޓީ އެހާ ހިސާބުންނެވެ. އަދި ކޯޓް އަމުރެއް ހޯދާ ހައްޔަރު ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.