ހީކުރި ވަރަށްވުރެ ރައީސް މުއިއްޒު މާ ކުޅަދާނަ: ޝަރީފް

ޝަރީފަކީ ކުރީން އެމްޑީޕީގައި ހުންނެވި މެންބަރެކެވެ. އެހެން ނަމަވެސް އެމްޑީޕީގެ ވެރިކަން ބަދަލުވުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޝަރީފް ވަނީ ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް

ކުރީން ހީފުޅު ކުރެއްވެވި ވަރަށް ވުރެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުޅަދާނަ ކަމަށް މި ފަހަރު ރައީސް މުއިއްޒަށް ތާއީދު ދެއްވައި ކޮންގްރެސް ޕާޓީއާ ގުޅި ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގައި ހުންނަވައިގެން ރިޔާސީ އިންތިހާބުގެ ކެމްޕޭންތެރޭގައ ރައީސް މުއިއްޒަށް ފާޑު ވިދާޅުވި ޝަރީފު އެކްސްގައި ޕޯސްޓެއް ކުރައްވާ މިއަދު ވިދާޅުވީ ކަންކަމުގައި ގޮތް ނިންމުމުގައި ރައީސް މުއިއްޒު އަވަސް ކަމަށެވެ.

އަދި ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތައް ގިނަވެފައިވާ މިފަދަ ދަނޑިވަޅެއްގައި ބޭނުންވަނީ ވިސްނުމާއި ހިކުމަތްތެރިކަމާއެކު ގޮތް ނިންމަވާ ލީޑަރެއް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އޭނާ މިހެން ލިޔުއްވާފައި ވެ އެވެ: 

"ހީކުރިވަރަށް ވުރެ ރައީސް މުއިއްޒު ކުޅަދާނަ. ޑިޒިޝަން ނަންގަވާލެއް ހަލުއިވެފައި އަވަސް. ރާއްޖެއަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް ގިނަގުނަ. މިފަދަ އުނދަގޫ ދަތި ދަނޑިވަޅުތަކުގައި ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ހަލުއި ސްޕީޑްގައި ކަންކަން ކުރާ ލީޑަރެއް ގައުމު ބޭނުންވަނީ،" ޝަރީފް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.