ވިއްސާރާގައި ގެއްލުންވި 48 ގެއަކަށް ހަތްލައްކަ ރުފިޔާ ދެނީ

48 ގެއަކަށް އެހީ ދިނުމުގެ އުސޫލުގެ ތެރެއިން އެހީތެރިކަން ފޯރުކޮށް ދޭން ވަނީ ނިންމާފައެވެ.

ވިއްސާރާގައި ވެރިރަށް މާލޭގެ މަތިތަކުގައި ފެން ބޮޑުވެ ގިނަ ގެތަކަށް ވަނީ ގެއްލުންވެފައި

މިދިޔަ ހުކުރު ދުވަހު ކުރި ވިއްސާރާ ގައި މާލެ ސިޓީގެ ގެތަކަށް ލިބުނު ގެއްލުންތަކަށް ބަދަލެއްގެ ގޮތުން ހަތްލައްކަ ރުފިޔާ ދޭން ނިންމައިފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނި ގޮތުގައި ވިއްސާރާ ގައި ގެއްލުން ލިބުނު 53 ގޭބީސީއެއްގެ އެސެސްމަންޓް ވަނީ ހަދާފައެވެ. އަދި 48 ގެއަކަށް އެހީ ދިނުމުގެ އުސޫލުގެ ތެރެއިން އެހީތެރިކަން ފޯރުކޮށް ދޭން ވަނީ ނިންމާފައެވެ.

ފެންބޮޑުވުމުގެ ސަބަބުން ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗާއި ސްޓްރަކްޗަރަލް ލިބުނު ގެއްލުމުގެ އަގު 1،111،842.50 ރުފިޔާއަށް އަރައެވެ. އެންޑީއެމްއޭ އިން ބުނީ އެސެސްމަންޓް ހެދުނު ގެތަކަށް ކާރިސާ ގައި އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ އުސޫލުގެ ތެރެއިން 711،541.70 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެއީ؛

  •  ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމަށް 100،075.20 ރުފިޔާ
  •  ސްޓްރަކްޗަރަލް ގެއްލުންތަކަށް 611،466.50 ރުފިޔާ

ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ބަދަލުގެ ގޮތުގައި ދެނީ ލިބުނު ގެއްލުމުގެ 20 އިންސައްތައިގެ އަދަދެކެވެ.

އެންޑީއެމްއޭ އިން ބުނީ މިދިޔަ ޑިސެންބަރު 31 ގައި ކުރި ވިއްސާރާ ގައި ގެއްލުންވެ އެހީ ދިން 20 ގެއަކަށް މި ފަހަރު ވެސް ގެއްލުން ލިބުނު ކަމަށެވެ. އަދި ކައިރި ކައިރީގައި ފެންބޮޑުވުމުގެ ދެ ހާދިސާ ހިނގާފައިވާތީ ގޭގެއަށް ލިބިފައިވާ ގެއްލުންތައް ބޮޑު ކަން ފާހަގަ ކުރެވޭ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.