ކ. އަތޮޅު ރައީސް ކަމާއި މަރޮށި އަދި ފަރެސްމާތޮޑާ ގޮނޑި ކޮންގްރެސްއަށް

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ މަގާމުތަކަށް ހުޅުވާލި މުއްދަތު ހަމަވީއިރު ކުރިމަތިލާފައިވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ކަމަށެވެ.

ޖަލްސާ އެއްގައި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު އަދި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ

އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ތިން ބައި އިލެކްޝަނަކަށް ހުޅުވާލުމުން ވަަގުތު ހަމަވީއިރު މަގާމުތަކަށް ކުރިމަތިލާފައި ވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ކަމަށް ވާތީ ވޯޓެއް ނެތި އެ މަގާމުތަކަށް މެންބަރުން އިންތިހާބު ވެއްޖެ އެވެ.

ފެބްރުއަރީ 10 ވަނަ ދުވަހު ބައި އިލެކްޝަން ބާއްވަން އޮތީ ކ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ބޭފުޅަކު އިންތިހާބު ކުރުމާއި ށ. މަރޮށި އަދި ގދ. ފަރެސްމާތޮޑާ ކައުންސިލްގެ ހުސްވެފައިވާ މެންބަރު ކަމަށް ބޭފުޅަކު އިންތިހާބު ކުރުމެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ މަގާމުތަކަށް ހުޅުވާލި މުއްދަތު ހަމަވީއިރު ކުރިމަތިލާފައިވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ކަމަށެވެ. އެހެން ކަމުން އެ ބޭފުޅުން އިންތިހާބު ވެފައިވާ ކަމަށް ވަނީ އިއުލާނު ކޮށްފައެވެ.

  •  ކ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް - އަހްމަދު އަނީސް
  •  ށ. މަރޮށި ކައުންސިލް މެންބަރު ކަމަށް - ހުސައިން ނާޒިމް
  •  ގދ. ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރު ކަމަށް - ހަސަން އާސިމް

މި ތިން ބޭފުޅުން ވެސް ކުރިމަތިލީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޓިކެޓް ގައެވެ. އެހެން ކަމުން އެ ތިން ގޮނޑި ލިބިފައިވަނީ އެ ޕާޓީ އަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.