މަޖިލީހުގެ ޖަލްސާތައް އަންނަ މަހު ފަށާއިރު މަޖިލީހުގައި ޕާޓީތައް ތަމްސީލުވާ ގޮތަށް ބޮޑު ބަދަލެއް ވަނީ އައިސްފައެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އަންނަ މަހުގެ ފަސްވަަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އަކީ ކޮންމެ އަހަރަކު ވެސް އެ އަހަރަކަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ގޮތުން ބާއްވާ ފުރަތަމަ ޖަލްސާ އެވެ. އެ ޖަލްސާގައި ގައުމުގެ ހާލަތާއި ކުރިއަށް އޮތް އަހަރު ސަރުކާރުގެ ތަސައްވުރާއި މަސައްކަތްތަކާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ އިއްވަވާނެ އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.
މަޖިލީހުގެ ދައުރު މި އަހަރަށް ފެށުމުގެ ގޮތުން ބާއްވާ ޖަލްސާގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެ އެވެ. ޖަލްސާ އޮންނާނީ ފަސްވަނަ ދުވަހުގެ ހެނދުނު 9:00 ގައެވެ.
މަޖިލީހުގެ ޖަލްސާތައް އަންނަ މަހު ފަށާއިރު މަޖިލީހުގައި ޕާޓީތައް ތަމްސީލުވާ ގޮތަށް ބޮޑު ބަދަލެއް ވަނީ އައިސްފައެވެ.
ކުރީން ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ވަނީ ގެއްލިފައެވެ. އެ ޕާޓީގެ 12 މެންބަރަކާއި ކުރީން އެ ޕާޓީގައި ހުރެ ވަކިވި މެންބަރު ހިމެނޭހެން 13 މެންބަރަކު ވަނީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއާ ގުޅިފައެވެ. ކުރީން ކޮންގްރެސްއަށް ނިސްބަތްވި ބައެއް މެންބަރުން ވަނީ ސަރުކާރުގެ އިސް މަގާމުތަކަށް ވަޑައިގަތުމަށް އިސްތިއުފާ ދެއްވާފައެވެ. އެހެންވެ އެ ޕާޓީއަށް ފަހުން ނިސްބަތްވާ އެ ޕާޓީއާ ގުޅުނު ދެ މެންބަރެކެވެ. ނަމަވެސް ފަހުން ގުޅުނު 13 މެންބަރުންނާ އެކު ޖުމްލަ 15 މެންބަރުން ހިމެނޭނެ އެވެ. އަދި ކޮންގްރެސްއާ ކެވެލި ޖެހިގެން އޮތް ޕީޕީއެމްގެ ދެ މެންބަރަކު ވެސް ތިއްބަވާނެ އެވެ.
މިއާއެކު ކުރީން މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތް ދަ ޑިމޮކްރެޓްސްއަށް އެ މަގާމު ގެއްލި މައިނޯރިޓީ ޕާޓީއަކަށް ވެގެންދާނީ ކޮންގްރެސް ޕާޓީ އެވެ. ދަ ޑިމޮކްރެޓްސް އަކީ ވެސް އެމްޑީޕީގެ 13 މެންބަރަކު އެ ޕާޓީން ވަކި އުފައްދާފައިވާ ޕާޓީ އެކެވެ.