"އެއްވެސް މީހަކު ތަފާތެއް ނުކުރާނަން، ވާނީ އެންމެންގެ މޭޔަރަކަށް"

އިއްޔެ ބޭއްވި މާލޭގެ މޭޔަރު ހޮވާ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވީ 7،621 ވޯޓުންނެވެ.

މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވި އާދަމް އާޒިމް

އެއްވެސް ފަރާތެއް ތަފާތު ނުކޮށް ވެ ވަޑައިގަންނަވާނީ އެންމެންގެ މޭޔަރަކަށް ކަަމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް އަލަށް އިންތިހާބުވެ ވަޑައިގެންނެވި އާދަމް އާޒިމް ވިދާޅު ވެއްޖެ އެވެ.

އޭނާއަށް އިތުބާރު ކުރައްވާ އެ މަގާމަށް އިންތިހާބު ކުރުމުގެ ޝުކުރު ދެންނެވުމާއެކު އާޒިމް ވިދާޅުވީ "އެއްވެއް ފަރާތެއް ތަފާތު ނުކޮށް އަޅުގަނޑު ވާނީ އެންމެންގެ މޭޔަރަކަށް" ކަމަށެވެ.

އާޒިމް ވިދާޅުވީ މާލޭ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި މާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފެހި ތަނަވަސް މާލެއެއް ހޯދައި ދިނުމުގެ މަސައްކަތް "މިހާރު ފެށުނީ" ކަމަށެވެ.

އިއްޔެ ބޭއްވި މާލޭގެ މޭޔަރު ހޮވާ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވީ 7،621 ވޯޓުންނެވެ. އޭނާއާއެކު މޭޔަރު ކަމަށް ފަސް ބޭފުޅަކު ވާދަ ކުރެއްވި އެވެ. އާޒިމްއާ އެންމެ ގާތުން ވާދަ ކުރެއްވި އާޒިމާ ޝަކޫރަށް ލިބި ވަޑައިގަތީ 5،031 ވޯޓެވެ. 

އެ އިންތިހާބުގައި ތިން ވަނަ ހޯއްދެވީ ޑިމޮކްރެޓްސްގެ މުހައްމަދު ސައިފް ފާތިހެވެ. އޭނާއަށް 2،343 ވޯޓް ލިބި ވަޑައިގަތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު އަމިއްލަ ގޮތުން ވާދަ ކުރެއްވި ހުސައިން ވަހީދަށް ލިބި ވަޑައިގަތީ 1،888 ވޯޓެވެ. ދެން ވާދަ ކުރެއްވި ޝުއައިބު އަލީއަށް 125 ވޯޓެވެ. 

އެ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު 56،000 ވުރެ ގިނަ މީހުންނަށް ލިބިފައި އޮތަސް  ވޯޓްލާން ނިކުތީ މަދު އަދަދެއްގެ ބައެެކެވެ. ޕަސެންޓޭޖުން ބަލާނަމަ ވޯޓްލީ 31.84 ޕަސެންޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.