ފިލާވަޅު ލިބިއްޖެ، މޭޔަރު ގޮނޑި ގެއްލުނީ އެކަށީގެންވާ މަސައްކަތް ނުކުރެވުން: ޕީއެންސީ

"އަޅުގަނޑުމެންނަށް މިއަދު މި ލިބުނު ފިލާވަޅުގެ ބޭނުން ހިފައިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް އޮތްތާ އިންތިހާބުތައް ކާމިޔާބު ކުރުމުގެ މަސައްކަތް މިއަށްވުރެ ވަރުގަދަ އަށް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން،"

ޕީއެންސީއާ ޕީޕީއެމްގެ ލީޑާޝިޕުން މިރޭ ބޭއްވި ނޫސްވެރީންގެ ބައްދަލްވުން

މިއަދުގެ އިންތިހާބުން ވަރަށް ގިނަ ފިލާވަޅުތައް ލިބިއްޖެ ކަމަށާ މޭޔަރުގެ ގޮނޑި ކާމިޔާބު ނުކުރެވުނީ އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރެވުމުން ކަމަށް ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމާއި ކައުންސިލްގެ އިތުރު ތިން ގޮނޑިއަކަށް މެންބަރުން އިންތިހާބު ކުރުމަށް މިއަދު ވަނީ ވޯޓުލުން ކުރިއަށް ގެންގޮސްފައެވެ. މަދު ބަޔަކު ނިކުމެ ވޯޓްލީ އިންތިހާބު ގައި މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އެވެ. ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ހޯއްދެވީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނެވެ. އަނެއް ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީންނެވެ. 

މިއަދުގެ އިންތިހާބާ ގުޅޭގޮތުން ޕީއެންސީ / ޕީޕީއެމުން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންތިހާބުން ވަރަށް ގިނަ ފިލާވަޅުތައް ލިބިއްޖެ ކަމަށެވެ. އިންތިހާބު ގައި މޭޔަރުގެ ގޮނޑި ކާމިޔާބު ނުކުރެވުމުން މެންބަރުންގެ ކިބައިން މާފަށް އެދޭ ކަމަށެެވެ.

އަދި ވިދާޅުވީ މޭޔަރުގެ ގޮނޑި ކަމިޔާބު ނުކުރެވުނީ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވުމުން ކަމަށެވެ. ސަރުކާރުގެ ބައެއް މަސައްކަތްތަކާއި ގުޅިގެން އިންތިހާބަށް ދޭން ޖެހޭ ފުރިހަމަ ސަމާލުކަން ނުދެވުނު ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިއަދު މި ލިބުނު ފިލާވަޅުގެ ބޭނުން ހިފައިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް އޮތްތާ އިންތިހާބުތައް ކާމިޔާބު ކުރުމުގެ މަސައްކަތް މިއަށްވުރެ ވަރުގަދަ އަށް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މިއީ ރައީސަށް ތާއީދު ނެތުމެއް ނޫން

އަބްދުއްރަހީމް ވިދާޅުވީ މިއަދުގެ އިންތިހާބުގެ ނަތީޖާ އަކީ ރައީސް މުއިއްޒަށް ތާއީދު ނެތުމާއި އެމަނިކުފާނުގެ ސިޔާސަތާ ރައްޔިތުން ދެކޮޅު ވުމެއް ނޫން ކަމަށެވެ. މި ނަތީޖާގެ އަސްލަކީ އެކަށީގެންވާ މަސައްކަތެއް ނުކުރެވުން ކަމަށް ތަކުރާރު ކޮށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މެންބަރުން މާޔޫސްވާން ޖެހޭ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށާ ކުރިއަށް އޮތްތާ މެންބަރުންނާ ވަރަށް ގާތުން މަސައްކަތް ކުރާނެ ކަމަށެވެ. މިދިޔަ މުއްދަތުގައި އެ ގުޅުން އެންމެ ފުރިހަމަ ގޮތުގައި ބޭއްވިފައި ނުވާތީ އެކަމަށް މާފަށް ވެސް އެދިފައިވެއެވެ.

ކޮމެންޓް

2
450
ޖާބެ
10 months ago

ހައްހައް ނުލިބެ އަދިޔެއް ދެންދާނީ ބޮޑުތަނުން ، އަދިވެސް ތާކުން ތާކުނުޖެހޭ މީހުން ލައޮގެން ހިންގާ

ޖާބެ
10 months ago

ހައްހައް ނުލިބެ އަދިޔެއް ދެންދާނީ ބޮޑުތަނުން ، އަދިވެސް ތާކުން ތާކުނުޖެހޭ މީހުން ލައޮގެން ހިންގާ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.