ދިވެހީންގެ މިނިވަންކަން ދެމެހެއްޓުމަށް ވަރުގަދައަށް އެހީތެރިވާނަން: ޗައިނާ

މީގެ 52 އަހަރު ކުރީން ރާއްޖެ-ޗައިނާ ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރީއްސުރެ ދެ ގައުމުގެ ގުޅުން ބިނާކޮށްފައި އޮތީ އިހްތިރާމާއި އެހީތެރި ކަމުގެ މައްޗަށް ކަމަށް ބަޔާނުގައި ވެ އެވެ.

ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުން

ދިވެހީންގެ މިނިވަން ކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ކުރާ މަސައްކަތު ގައި ޗައިނާ އިން ވަރުގަދަ ތާއީދަކާއި އެހީތެރިކަން އޮންނާނެ ކަން އެ ގައުމުން ހާމަކޮށްފި އެވެ.

ޗައިނާ އިން އެކަން ހާމަކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ފުރަނަމާނަ ދަތުރުފުޅާ ގުޅިގެން ރާއްޖެ-ޗައިނާ އެކުގައި ނެރުނު ގުޅިފައިވާ ބަޔާނުގައެވެ.

ބަޔާނުގައި ބުނެފައި ވަނީ ދެ ގައުމުން ގަބޫލުކުރާ ހަމަތަކާއި މައިގަނޑު މަސްލަހަތުތައް ރައްކާތެރި ކުރުމުގައި އެއް ގައުމު އަނެއް ގައުމަށް އެހީތެރިވެ ތާއީދު ދިނުމުގައި ދެމި ތިބުމަށް އެއްބަސްވާ ކަމަށެވެ. އަދި ދިވެހީންގެ މިނިވަން ކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ކުރާ މަސައްކަތު ގައި ޗައިނާ އިން ވަރުގަދަ ތާއީދަކާއި އެހީތެރިކަން އޮންނާނެ ކަމަށެވެ. އަދި ތަރައްގީއާ ކުރިއެރުން ހޯދުމަށް ރާއްޖެއިން ކުރާ މަަސައްކަތަށް އެއްބާރުލުން ދިނުމާއި އެހީތެރިވުމުގެ ގޮތުން ޗައިނާ ވެގެން ދާނީ އެކަންކަމަށް އިހްތިރާމު ކުރާ ގައުމަކަށް ކަމަށް ވަނީ ބުނެފައެވެ.

މީގެ 52 އަހަރު ކުރީން ރާއްޖެ-ޗައިނާ ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރީއްސުރެ ދެ ގައުމުގެ ގުޅުން ބިނާކޮށްފައި އޮތީ އިހްތިރާމާއި އެހީތެރި ކަމުގެ މައްޗަށް ކަމަށާ ދެ ގައުމަށް މުހިންމު ކަންކަމުގައި އެހީތެރިވެދީ ނަމޫނާ ގުޅުމެއް ދައްކާފައިވާ ކަމަށެވެ.

ރާއްޖެ އިން ވަނީ ވަން ޗައިނާ ސިޔާސަތު ގަބޫލުކޮށް ޗައިނާހެ އުސޫލުތަކާއި ވިސްނުންތަކަށް އިހްތިރާމު ކުރާ ކަމުގެ ޔަގީން ކަން އެ ގައުމަށް ދީފައެވެ. އަދި އެ ގައުމުން ވަކިވެގަންނަން މަސައްކަތް ކުރާ ޓައިވާންގެ މިނިވަން ކަމުގެ ހުރިހާ ހަރަކާތަކާއި ދެކޮޅު ކަން ހާމަކޮށްފައި ވެއެވެ. އަދި ޓައިވާނާ އެކު ރަސްމީ ގުޅުމެއް އުފައްދާ އަދި އެފަދަ ކަންކަމާ ގުޅޭ އެއްވެސް މަސައްކަތަކަށް ރާއްޖެއިން ތާއީދު ނުކުރާނެ ކަމުގެ ޔަގީންކަން ވެސް ދީފައިވެއެވެ.

ދިވެހީންގެ މިނިވަންކަމާއި އަމިއްލަ ވަންތަކަމަށް ޗައިނާ އިން އިހްތިރާމު ކުރާ ފަދައިން ދިވެހީން ވެސް ޗައިނާގެ ގައުމީ އެއްބައިވަންތަކަމަށް ކުރާ މަސައްކަތަށް ތާއީދުކޮށް އެ ގައުމުގެ އަމިއްލަވަންތަކަށް އިހްތިރާމު ކުރާނެ ކަން ވެސް ދެ ގައުމުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.