ޖަނާހު ހަންގޭރީގެ ފޮރިން، ޓްރޭޑް މިނިސްޓަރާ ބައްދަލު ކުރައްވައިފި

ހަންގޭރީގެ ސަރުކާރުން އިންތިޒާމު ކުރި ހާއްސަ ހަފުލާގައި ހަންގޭރީގެ ފޮރިން އަދި ޓްރޭޑް މިނިސްޓަރުގެ އިތުރުން އެ ގައުމުގެ އިސް ބައެއް އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

އިފޮޕްކާގެ ރައީސް، ރާއްޖޭގެ މުހައްމަދު އަލީ ޖަނާހު ހަންގޭރީގެ ފޮރިން އަދި ޓްރޭޑް މިނިސްޓަރާ ބައްދަލު ކުރައްވަނީ

ރާއްޖޭގައި ހުންނަވާ ހަންގޭރީގެ އޮނަރަރީ ކޮންސުލް މުހައްމަދު އަލީ ޖަނާހު ހަންގޭރީގެ ފޮރިން އަދި ޓްރޭޑް މިނިސްޓަރު ޕީޓާ ޝިއާޓޯއާ ބައްދަލު ކުރައްވައިފި އެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަންސް (އިފޮޕްކާ) އަދި ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާގެ ރައީސްކަން ވެސް ކުރައްވާ ޖަނާހު ހަންގޭރީގެ ފޮރިން އަދި ޓްރޭޑް މިނިސްޓްރާ ބައްދަލު ކުރައްވާފައިވަނީ ހަންގޭރީގައި ބޭއްވި ހާއްސ ރަސްމީއްޔާތެއްގަ އެވެ.

އެ ގައުމުގެ ސަރުކާރުން އިންތިޒާމު ކުރި މި ހާއްސަ ހަފުލާގައި ހަންގޭރީގެ ފޮރިން އަދި ޓްރޭޑް މިނިސްޓަރުގެ އިތުރުން އެ ގައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

ޖަނާހު ވަނީ ހަންގޭރީގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ހަންގޭރީން ހަމަޖެއްސުމާއެކު ރާއްޖެއަށް ގިނަ ހިދުމަތްތަކެއް ކުރައްވަން ފައްޓަވާފަ އެވެ. އެގޮތުން ދިވެހި ދަރިވަރުން ހަންގޭރީގައި މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ހޯއްދަވައި ދެއްވާފައި ވެއެވެ. އަދި ރަޝި އާއިން ޔޫކްރޭން އަށް އަރައި ހަނގުރާމަ ފެށުމާއެކު އެ ގައުމުގައި ތާށިވެފައި ތިބި ދިވެހިން ސަލާމަތް ކުރަން ގިނަ އެހީތަކެއް ދެއްވި އެވެ. އެކަން ފާހަގަކޮށް ދިވެހި ސަރުކާރުން ވަނީ ޖަނާހު އަށް ޝުކުރު އަދާ ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.