މި ފެށުނީ ރާއްޖެ-ޗައިނާ ގުޅުމުގެ އާ ބާބެއް: ޗައިނާގެ ރައީސް

ރަސްމީ ވާހަކަފުޅުގައި ދެ ލީޑަރުން ދެއްކެވި ވާހަކަފުޅު ގައި ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމުގެ އުއްމީދު އައު ކުރެއްވި އެވެ.

ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ޗައިނާ އާއި ރާއްޖޭގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުމުގެ އައު ބާބެއް ފެށިގެން ދާނެ ކަމަކަށް ވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅު ގައި ދިވެހިރާއްޖެ އާއި ޗައިނާއާ ދެ ގައުމުގެ ސަރުކާރުގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަސްމީ ވާހަކަތައް މިއަދު ވަނީ ބާއްވަވާފައެވެ.

މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްކެވި ވާހަކަފުޅު ގައި ރާއްޖޭގައި ނިމުނު ރިޔާސީ އިންތިހާބު ގައި ރައީސް މުއިއްޒު ހޯއްދެވި ކާމިޔާބީއަށްޓަކައި މަރުހަބާ ދެންނެވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ޗައިނާ އާއި ދިވެހިރާއްޖޭގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުމުގެ އައު ބާބެއް ފެށިގެން ދާނެ ކަމަކަށް ވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ހަމަ އެހެންމެ ނޫ އިގްތިސާދާއި ފެހި އިގްތިސާދުގެ އިތުރުން ޑިޖިޓަލް އިގްތިސާދު ހިމެނޭހެން ތަފާތު ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ދިވެހިރާއްޖެއާ ޗައިނާއާ ދެމެދުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުގައި ދެ ލީޑަރުން ދެއްކެވި ވާހަކަފުޅު ގައި ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމުގެ އުއްމީދު އައު ކުރެއްވި އެވެ.

ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުން

ރައީސުލްޖުމްހޫރިއްޔާ މުއިއްޒު ދެއްކެވި ވާހަކަފުޅު ގައި ރާއްޖޭގެ އިގްތިސާދު ކުރިއެރުމުގައި ޗައިނާއިން މުހިންމު ދައުރެއް އަދާކުރާކަން ޝުކުރުވެރި ކަމާއެކު ފާހަގަ ކުރެއްވި އެވެ.

އަދި ވޭތުވެދިޔަ އަހަރުތަކުގައި އެ ގައުމުގެ ދީލަތި އެހީ އެކި ދާއިރާތަކުން ރާއްޖެއަށް ލިބިފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވި އެވެ. އެގޮތުން ބޯހިޔާވަހިކަމާއި ތައުލީމީ ދާއިރާ އާއި އުމްރާނީ ތަރައްގީ ގައި ލިބިފައިވާ އެހީ ރައީސުލްޖުމްހޫރިއްޔާ ވަކިން ހާއްސަ ކޮށް ފާހަގަ ކުރެއްވި އެވެ.

މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ރަސްމީ ވާހަކަފުޅުގެ ތެރޭގައި މަޝްވަރާ ކުރެއްވި އެވެ.

މި ބައްދަލުވުމަށް ފަހު ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއް ގައި ދެ ގައުމުން ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ދެ ގައުމުގެ ރައީސުން ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.