ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު މުހިންމު 20 އެއްބަސްވުމެއް ގައި ސޮއި ކުރައްވައިފި އެވެ. ސަރުކާރުން ބުނީ މިއީ ދެ ގައުމުގެ ދޭދޭ ގުޅުމުގެ ތާރީހު ގައި ފާހަގަކޮށްލެވޭ މުހިންމު ފިޔަވަޅެކެވެ.
ސަރުކާރުން ބުނީ މިއީ ދެ ގައުމުގެ ދޭދޭ ގުޅުމުގެ ތާރީހު ގައި ފާހަގަކޮށްލެވޭ މުހިންމު ފިޔަވަޅެކެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް މިއަދު ޗައިނާގެ ބެއިޖިންގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުއިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެންމެ ފާހަގަކޮށްލެވޭ އެއްބަސްވުމަކީ މި ސަރުކާރުން ތަރައްގީ ކުރަން ފަށާފައިވާ ރަސްމާލެ -- ފުށިދިއްގަރުފަޅުގެ މަޝްރޫއުގެ ތަރައްގީ އަށް ޗައިނާގެ އެހީ ހޯދުމުގެ އެއްބަސްވުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީއަށް އެ ގައުމުގެ އެހީ ހޯދުމުގެ އެއްބަސްވުމެވެ.
މީގެ އިތުރުން ވިލިމާލޭގެ މަގު ހެދުމުގެ މަޝްރޫއު އާއި އެ ނޫން ވެސް މުހިންމު ދާއިރާތަކުން އެހީތެރިކަން ދިނުމުގެ އެއްބަސް ވުމުގައި ދެ ގައުމުން ސޮއިކޮށްފައިވެއެވެ.
މިއަދު ވެވުނު އެއްބަސްވުންތަކަކީ؛