ޕާކިސްތާނާއި ޗައިނާއާ ދެމެދު ގުޅުން ރަނގަޅެވެ. އަދި ޗައިނާއިން އެ ގައުމުގެ އަސްކަރީ ޓެކްނޮލޮޖީ ޕާކިސްތާނަށް ދޭން ޝައުގުވެރި އެވެ. މި މަސައްކަތްތައްތައް ހިނގަ އެވެ.
ޗައިނާގައި އުފައްދާ އަޑަށް ވުރެ ބާރަށް ދަތުރު ކުރާ ޒަމާނީ ޖެޓްތައް ހޯދަން ޕާކިސްތާނުގެ އަސްކަރިއްޔާއިން މަސައްކަތް ކުރެ އެވެ. އެކަމަކީ ޕާކިސްތާނާ އަދި ޗައިނާއާ ވެސް ވާދަވެރި އިންޑިއާއަށް ހާސްކަން ގެނުވާފައިވާ ކަމެކެވެ.
ޕާކިސްތާނުން ޗައިނާގެ ޒަމާނީ ޖެޓްތައް ހޯދަން ހިފާފައިވާއިރު އިންޑިއާއިން ބޭނުން ކުރާ ޖެޓް ތަކަކީ އަދިވެސް ސޯވިއެޓް ޒަމާނުގެ މުސްކުޅި ޖެޓްތަކެކެވެ.
ޕާކިސްތާނުގައި މިހާރު ވެސް ބޭނުން ކުރަނީ އެފް-16 ޖެޓުތަކެވެ. ޕާކިސްތާނުން މިހާރު އަމާޒު ހިފާފައި ވަނީ ޗައިނާގެ އެހީގައި އަޑަށް ވުރެ ބާރަށް ދުވާ ޖެޓްތައް ހޯދާ ވައިގެ ވިންގު ފުޅާކޮށް ވަރުގަދަ ކުރުމާއެކު ޒަމާނީ ކުރާށެވެ. އޭރު ޕާކިސްތާނު ވެގެން ދާނީ އަސްކަރީ ވައިގެ ވިންގު މި ސަރަހައްދުގައި އެންމެ ފުރިހަމަ ގައުމަށެވެ.
ޕާކިސްތާނާއި ޗައިނާއާ ދެމެދު ގުޅުން ރަނގަޅެވެ. އަދި ޗައިނާއިން އެ ގައުމުގެ އަސްކަރީ ޓެކްނޮލޮޖީ ޕާކިސްތާނަށް ދޭން ޝައުގުވެރި އެވެ. މި މަސައްކަތްތައްތައް ހިނގަ އެވެ.
އަނެއްކޮޅު އިންޑިއާއިން އަސްކަރީ ޓެކްނޮލޮޖީ ވަރުގަދަ ކުރުމަށް ބާރު އަޅައި ފްރާންސްއާއެކު އެއްބަސްވުމެއް ހަދާފައި ވެއެވެ. އެ އެއްބަސްވުމާއެކު ފުރާންސްގެ ރަފައެލް ޖެޓްތައް އިންޑިއާއަށް ހޯދޭނެ އެވެ.