މިހާދަކީ ކުންފުނިތަކުގެ ހިންގުމުގެ ތަޖުރިބާ ބޮޑު ބޭފުޅެކެވެ. އެމްޓީޑީސީ އެމްއޭސީއެލްގެ އިސް މަގާމުތަކެއް ވެސް ކުރީން ފުުރުއްވި އެވެ.
އައިލެންޑް އޭވިއޭޝަންގެ ޗެއާމަންގެ މަގާމަށް މުހައްމަދު މިހާދު މިއަދު ހަމަޖައްސައިފި އެވެ. މިހާދަކީ ކުރީން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ގައުމީ އެއާލައިން -- މޯލްޑިވިއަން ހިންގާ ކުންފުނިން މިއަދު ވަނީ އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް މުހައްމަދު މިހާދު ހަމަޖެއްސުމުން މަރުހަބާ ކިޔާފައެވެ.
މިހާދަކީ ކުންފުނިތަކުގެ ހިންގުމުގެ ތަޖުރިބާ ބޮޑު ބޭފުޅެކެވެ. އެމްޓީޑީސީ އެމްއޭސީއެލްގެ އިސް މަގާމުތަކެއް ވެސް ކުރީން ފުުރުއްވި އެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް ދެ މަސްވާން ދާއިރު ކުންފުނިތަކަށް އިސްވެރީން ދަނީ އައްޔަން ކުރަމުންނެވެ.