ރާއްޖޭގައި ކުރާ އާންމު މަސްވެރި ކަމަކީ އެން ހިފައި ވަތުގައި އެންދިރުވައިގެން ކަނޑަށް ނުކުމެ އެން އުކައި ދޮށި އަޅައިގެން ކުރާ މަސްވެރި ކަމެކެވެ.
ރާއްޖޭގައި އެންވަތުގެ ދިރާސާއެއް ފަށައި ރާއްޖޭގެ މަސް ދޯންޏެއްގެ އެންވަތަށް ބަދަލުތައް ގެނެސްފި އެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރީން ޖަޕާނު ސަރުކާރުގެ އެހީގައި ފަށާފައިވާ މި ހާއްސަ ދިރާސާގައި އެންވަތަށް ބަދަލުތައް ގެނެސްފައި ވަނީ ދެކުނުގެ ގދ. މަޑަވެލީގައި ދުއްވާ އެ ރަށު "ކަމަނަ" ދޯނީގެ އެންވަތަށެވެ.
މިނިސްޓަރީން ބުނީ ދިރާސާގައި އެ ދޯނީގެ އެންވަތުގެ ލޮނުގަނޑު ދައުރު ކުރުމާއި މަރުވެފައި ހުންނަ އެން ވަތަށް ނުފައިބާ ވަތުން ނެގޭ ގޮތަށް އެންވަތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި މި ދިރާސާގައި ދެން ކުރިއަށް އޮތީ ސައިންޓިފިކް ގޮތުން ބަލަންޖެހޭ ކަންތައްތައް ބަލާ މިއީ ކިހާ ކާމިޔާބު ކަމެއްތޯ ދެނެގަތުމުގެ މަސައްކަތްތަކެއް ކުރުން ކަމަށެވެ.
"[އެންވަތަށް ބަދަލު ގެނައި] އޮޑީގެ ފަރާތުން މައުލޫމާތު ލިބޭ ގޮތުގައި އެންވަތަށް ގެނެވުނު މި ބަދަލުތަކުން މިހާރު ވެސް ފެންނަ ނަތީޖާ ވަރަށް ރަނގަޅު،" މިނިސްޓަރީން އެކްސްގައި ލިޔެފައި ވެއެވެ.
ރާއްޖޭގައި ކުރާ އާންމު މަސްވެރި ކަމަކީ އެން ހިފައި ވަތުގައި އެންދިރުވައިގެން ކަނޑަށް ނުކުމެ އެން އުކައި ދޮށި އަޅައިގެން ކުރާ މަސްވެރި ކަމެކެވެ.