ރައީސް އޮފީހުން ބުނީ ބިޒްނަސް ސެންޓަރު ކޯޕަރޭޝަން ނުވަތަ އެހެން ކުންފުންޏަކާ ގުޅިގެން އިމާރާތް އެޅުމަށް ކުރެވޭ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ ކޮންޓެކްޓާ ފައިނޭންސް އުސޫލުން އިމާރާތް ކުރެވޭނެ ގޮތެއް ހޯދަން ނިންމާފައިވާ ކަމަށެވެ.
ދައުލަތުން ތަރައްގީ ކުރަން ނިންމާފައިވާ މީޑިއާ ވިލެޖް ހުޅުމާލޭ ގައި ގާއިމު ކުރަން ނިންމާ އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެ އެވެ.
މީޑިއާ ވިލެޖެއް ގާއިމު ކުރަން ނިންމާފައިވާ ކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެކަމާ ގުޅޭގޮތުން ކެބިނެޓްގެ ދެ ބައްދަލްވުމެއް ގައި ވަނީ މަޝްވަރާ ކޮށްފައެވެ. މިއަދު އޮތް ކެބިނެޓް ބައްދަލްވުމުގައި ނިންމާފައި ވަނީ މީޑިއާތަކަށް ހާއްސަ ވިލެޖް ހުޅުމާލޭ ގައި ގާއިމު ކުރުމަށެވެ.
ނަމަވެސް އެއީ ހުޅުމާލެ ކޮން ސަރަހައްދެއް ކަމެއް ނުބުނެ އެވެ. ރައީސް އޮފީހުން ބުނީ މީޑިއާ ވިލެޖް ގާއިމު ބިޒްނަސް ސެންޓަރު ކޯޕަރޭޝަން ނުވަތަ އެހެން ކުންފުންޏަކާ ގުޅިގެން އިމާރާތް އެޅުމަށް މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދާނީ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކަމަށް ވެސް ބުންޏެވެ.
ރައީސް އޮފީހުން ބުނީ ބިޒްނަސް ސެންޓަރު ކޯޕަރޭޝަން ނުވަތަ އެހެން ކުންފުންޏަކާ ގުޅިގެން އިމާރާތް އެޅުމަށް ކުރެވޭ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ ކޮންޓެކްޓާ ފައިނޭންސް އުސޫލުން އިމާރާތް ކުރެވޭނެ ގޮތެއް ހޯދަން ނިންމާފައިވާ ކަމަށެވެ.
އެކަމާ ގުޅޭ ތަފްސީލު ތައް ޔޫތު މިނިސްޓްރީން ހާމަ ކުރާނެ ކަަމަށް ވެސް ބުންޏެވެ.