މި ބަދަލާއެކު ކޯލް ސެންޓަރުގައި ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށް އެ ސިސްޓަމުގެ ކޮންމެ ކޯލެއް ލޮގްކޮށް ކަމާއިގުޅޭ ފަރާތްތަކާއި މައުލޫމާތު ހިއްސާކޮށް، ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ވެގެން ދާނެ އެވެ.
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީ / އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ މިނިސްޓަރީގައި ކޯލް ސެންޓަރެއް ގާއިމްކޮށް ގުޅޭނެ ނަންބަރެއް ތައާރަފް ކޮށްފި އެވެ.
ހިދުމަތްތަކަށް ގުޅާ ފަރާތްތަކަށް ފަސޭހަ އަދި އަވަސްކަމާއެކު ހިދުމަތް ދިނުމަށް މިނިސްޓަރީން ގާއިމްކޮށްފައިވާ ކޯލް ސެންޓަރުގެ ނަންބަރަކީ 1433 އެވެ.
ކޯލް ސެންޓަރުގެ މި ނަންބަރަކީ މިހާރުވެސް ބޭނުން ކުރަމުންގެންދާ އިޖުތިމާއީ ހިދުމަތްތަކާގުޅޭ ހެލްޕްލައިން 1421 އަދި ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ހެލްޕްލައިން 1412 ގެ އިތުރުން ތައާރަފުކުރި ނަމްބަރެކެވެ. އެ މިނިސްޓަރީގެ 1421 އާއި 1412 އަކީ 24 ގަޑިއިރު ގުޅޭ ހެލްޕްލައިންތަކަކަށް ވީނަމަވެސް، 1433 އެއީ ވަކި ގަޑިތަކެއްގައި ގުޅޭނެ ނަންބަރެއްކަމަށެވެ. އެގޮތުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:30 އަށް ގުޅޭނެ އެވެ.
ކޯލު ނުނެގޭ ހާލަތަކު ގައި ކޯލުގެ މައުލޫމާތު ވަކި ސިސްޓަމެއް ގައި ރައްކާކޮށް ތަރުތީބުން، އެފަދަ ކޯލުތަކަށް ކޯލް ސެންޓަރުން ޖަވާބުދާރީވަމުން ގެންދާނެ އެވެ.
މިނިސްޓަރީން ބުނީ މި ބަދަލާއެކު ކޯލް ސެންޓަރުގައި ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށް އެ ސިސްޓަމުގެ ކޮންމެ ކޯލެއް ލޮގްކޮށް ކަމާއިގުޅޭ ފަރާތްތަކާއި މައުލޫމާތު ހިއްސާކޮށް ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށެވެ.
ތީ އެއްވެސް ކަމެއްވާ ބައެއްނޫން. ވަޒީފާގަ އުޅުނުކަމުގެ ލިޔުމެއް ހޯދަން އެދުނުފަހުން 1 އަހަރުވީ. އަދިވެސް ބިޒީކަމުން ހަމަ ނުވެފަ