މާލެެ ސިޓީގެ އެމްޑީޕީގެ ދެ ކައުންސިލަރަކު ކޮންގްރެސްއާ ގުޅިއްޖެ

ކޮންގްރެސްއާ ގުޅިފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްނީ ރަޝީދު އާއި ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމް އެވެ.

އެމްޑީޕީއާ ގުޅުނު ދެ ކައުންސިލަރުން ރައީސްއާ އެކު ފޮޓޯއަކަށް ހުއްޓިގެން

މާލެ ސިޓީ ކައުންސިލް ގައި އެމްޑީޕީ ތަމްސީލު ކުރައްވާ ދެ ކައުންސިލަރަކު އެ ޕާޓީން ވަކިވެ ސަރުކާރު ހިންގާ މައި ޕާޓީ -- ކޮންގްރެސް ޕާޓީއާ މިރޭ ގުޅިއްޖެ އެވެ.

މި ދެ ކައުންސިލަރުން ކޮންގްރެސް ޕާޓީއާ ގުޅިފައި ވަނީ މާލެ ސިޓީގެ މޭޔަރު ކަމަށް ކޮންގްރެސް ޕާޓީން ވާދަ ކުރާ ކެންޑިޑޭޓް، އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗު ކުރުމަށް މިރޭ ބޭއްވި ޖަލްސާ ގައެވެ.

ކޮންގްރެސްއާ ގުޅިފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްނީ ރަޝީދު އާއި ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމް އެވެ.

ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމް ކޮންގްރެސްއާ ގުޅުން

ރީހާން އިންތިހާބުވީ އެމްޑީޕީގެ ޓިކެޓް ގައެވެ. ނަމަވެސް ފަހުން އެ ޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސްއާ ވަނީ ގުޅިފައެވެ.

އެ ޕާޓީގެ އެތެރޭގެ އިންތިހާބު ގައި ވާދަވެސް ކުރެއްވި އެވެ. އިންތިހާބުގެ ނާކާމިޔާބީއާ އެކު ޕާޓީން ވަކިވެވަޑައިގެންނެވީ އެވެ.

ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްނީ ރަޝީދު ކޮންގްރެސްއާ ގުޅުން

މި ދެ ކައުންސިލަރުން ކޮންގްރެސްއާ ގުޅި، މެންބާޝިޕް ފޯމް ހަވާލު ކުރެއްވީ ކޮންގްރެސްގެ ރައީސް / ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެވެ. ރައީސް މުއިއްޒަކީ މާލެ ސިޓީގެ ކުރީގެ މޭޔަރެވެ. އެއާކު ކައުންސިލް ގައި މިހާރު ހުރީ އެމްޑީޕީގެ އެންމެ ކައުންސިލަރެކެވެ. އެއީ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު އަރީޝް އެވެ.

މިރޭ އޮތް ޖަލްސާ ގައި އެމްޑީޕީގެ މެންބަރުންތަކަކާ ދަ ޑިމޮކްރެޓްސްގެ އިސް މެންބަރަކު އަދި ބައެއް އާންމުން ވަނީ ކޮންގްރެސްއާ ގުޅިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.