އެމްޑީޕީން ވަކިވެވަޑައިގަންނަވަން ފުރަތަމަ ވިދާޅުވީ ސިޔާސީ ކަންކަމުން މުޅީން ދުރަށް ވަޑައިގަންނަވަނީ ކަމަށެވެ. ވިހިވަނަ މަޖިލީހަށް ވެސް ކުރިމަތި ނުލައްވާނެ ކަމަށެވެ.
ކުރިއަށް އޮތް މަޖިލީސް އިންތިހާބު ގައި އަމިއްލަ ގޮތުން ވާދަ ކުރަން ދާއިރާގެ ގިނަ ބަޔަކު އެދެމުންދާ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޓިކެޓް ގައި ހިނގަމުން މިދާ 19 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރު ޝަރީފް މިހާރު ހުންނެވީ ކޮންގްރެސް ޕާޓީ ގައެވެ. ރައީސް ސޯލިހާއި އެމްޑީޕީގެ ދިފާއުގައި ވަަރަށް ގަދައަށް މަަސައްކަތް ކުރެއްވުމަށް ފަހު ރައީސް ސޯލިހްގެ ވެރިކަން ބަދަލުވެ އެމްޑީޕީ އިދިކޮޅު ޕާޓީއަކަށް ވީ ދަނޑިވަޅުގައި ޝަރީފް ސަރުކާރު ހިންގާ ކޮންގްރެސްއާ ގުޅިވަޑައިގަތީ އެމްޑީޕީގެ އިތުރު 12 މެންބަރުންނާ އެކު އެވެ.
އެމްޑީޕީން ވަކިވެވަޑައިގަންނަވަން ފުރަތަމަ ވިދާޅުވީ ސިޔާސީ ކަންކަމުން މުޅީން ދުރަށް ވަޑައިގަންނަވަނީ ކަމަށެވެ. ވިހިވަނަ މަޖިލީހަށް ވެސް ކުރިމަތި ނުލައްވާނެ ކަމަށެވެ.
ކޮންގްރެސް ޕާޓީއަށް ސޮއި ކުރެއްވުމަށް ފަހު ވިދާޅުވީ އެމްޑީޕީން ވަކިވެ ޕީއެންސީއާ ގުޅިވަޑައިގެންނެވީ ދާއިރާގެ ތަރައްގީއަށް ފުރުސަތު ފަހި ކުރެއްވުމަށެވެ. އަދި މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި މަރަދޫ ދާއިރާއަށް ވާދަ ކުރެއްވުމަށް ދާއިރާގައި ތިބި އޭނާގެ ވަރަށް ގިނަ ސަޕޯޓަރުން އެދެމުންދާ ކަމަށެވެ.
އެކަމާ ގޮތެއް ނިންމާނީ ޕީއެންސީއާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުންނާއި ސަޕޯޓަރުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.