ނާޒިމްގެ ރަނިންމޭޓް ޑރ. އަދީލް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް

އަދީލްއަކީ އައްޑޫ ސިޓީގަައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ އެ ސިޓީގެ ބޮޑެތި ބައެއް ސުކޫލުތައް ހިންގެވުމުގައި މަަސައްކަތް ކުރައްވާފައެވެ.

ޑރ. އަހުމަދު އަދީލް ނަސީރު

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޑޫ ހިތަދޫއަށް ނިސްބަތްވާ ޑރ. އަހުމަދު އަދީލް ނަސީރު އައްޔަނު ކުރައްވައިފި އެވެ.

އަދީލް އަކީ ނިމިދިޔަ ރިޔާސީ އިންތިހާބު ގައި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންމޭޓެވެ. ނާޒިމް އާއި އަދީލް އަދި އެމްއެންޕީގެ ތާއީދު ދެވަނަ ބުރުގައި އޮތީ ރައީސް މުއިއްޒަށެވެ. އެމްއެންޕީ އަކީ މި ސަރުކާރު ގައި ރަސްމީ ހިއްސާ އޮތް ތިން ޕާޓީގެ ތެރޭން އެއް ޕާޓީ އެވެ.

އަދީލްއަކީ އައްޑޫ ސިޓީގަައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ އެ ސިޓީގެ ބޮޑެތި ބައެއް ސުކޫލުތައް ހިންގެވުމުގައި މަަސައްކަތް ކުރައްވާފައެވެ. ތައުލީމީ ދާއިރާގެ ހިދުމަތު ގައި ވަރަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

އަދީލާ އެކު އެޑިއުކޭޝަން މިނިސްޓްރީ ގައި ފަސް ސްޓޭޓް މިނިސްޓަރުން އެބަ ތިއްބެވި އެވެ. އެއީ ޑރ. އަހްމަދު މުހައްމަދާއި ޑރ. އަބްދުލްލަތީފް މުހައްމަދާއި އައިޝަތު ސަފޫރާއި ހުސައިން ސައީދު މުހައްމަދެވެ. މީގެ ތެރެއިން ސަފޫރާ އާއި ސައީދަކީ ވަރަށް ހިންގުންތެރި ދެ ޕްރިންސިޕަލުންނެވެ. ސަފޫރާ އެންމެ ފަހުން ހުންނެވީ ސީއެޗްއެސްއީގެ ޕްރިންސިޕަލްގެ މަގާމު ގައެވެ. ސައީދު ހުންނެވީ އިސްކަންދަރު ސުކޫލުގެ ޕްރިންސިޕަލްގެ މަގާމު ގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.