މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން ނަމުގައި ކުންފުންޏެއް އުފައްދަނީ

"މިއީ އަބަދުވެސް ވާހަކަ ދެކެވި އަމަލީ މަަސައްކަތް ނުފެށި އޮތް ކަމެއް. ރައީސް މުއިއްޒު އެ ނެންގެވީ އެ ޑިޒިޝަން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއީ ހާލަތު ބަދަލު ކޮށްލާނެ ޑިޒިޝަނެއް،"

އިއްޔެ އޮތް ކެބިނެޓް ބައްދަލްވުމުގައި ރައީސާއި ވަޒީރުން

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން ނަމުގައި ކުންފުންޏެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. ރައީސް މި ނިންމެވުން ނިންމެވީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާ ގައެވެ.

ރައީސްގެ މި ނިންްމެވުމަށް މަރުހަބާ ދަންނަވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ކުންފުނި އުފެއްދުމުގެ މަގުސަދަކީ ދިވެހި އިގްތިސާދު މުޅީން އެހެން ހަރުފަތަކަށް ގެންދިއުން ކަމަށެވެ.

އެގޮތުން މި ކުންފުނި ހާއްސަ ވެގެންދާނީ ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަން ކަށަވަރު ކުރުމާއި ވެލިއުއެޑް ކުރުމާއި ޓްރާންޝިޕްމަންޓާއި ރި-އެކްސްޕޯޓަށް ފުރުސަތު ފަހިކޮށްދޭ ކުންފުންޏަކަށް ކަމަށެވެ. މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން އުފައްދަނީ 100 ޕަސެންޓް ދިވެހ ކުންފުންޏެއްގެ ގޮތުގައެވެ.

"މި" ނޫހާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު މިރޭ ވިދާޅުވީ ދިވެހި އިގްތިސާދު އިތުރު ހަރުފަތަކަށް ގެންދިއުމަށް އިތުރު ސިނާއަތަކަށް ފުރުސަތު ފަހި ކުރުން ވަރަށް މުހިންމު ކަމަށެވެ. ރައީސްގެ މި ނިންމެވަކީ އެ ފުރުސަތު ފަހި ކުރުމުގެ މަގުސަދު ގައި ނިންމެވި ނިންމެވުމެއް ކަަމަށެވެ.

ހަމައެކަނި ފަތުރުވެރިކަމާއި މަސްވެރި ކަމަށް ރާއްޖެ ބަރޯސާވެފައި އޮންނަ އޮތުމުގެ ބަދަލުގައި ރި-އެކްސްޕޯޓް ފުޅާ ކުރެވެން ހުރި ގޮތްތަައް ހޯދާ ޓްރާންޝިޕްމަންޓާއި އެ ނޫން ދާއިރާތަކުން ފުރުސަތު ފަހި ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ އަބަދުވެސް ވާހަކަ ދެކެވި އަމަލީ މަަސައްކަތް ނުފެށި އޮތް ކަމެއް. ރައީސް މުއިއްޒު އެ ނެންގެވީ އެ ޑިޒިޝަން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއީ ހާލަތު ބަދަލު ކޮށްލާނެ ޑިޒިޝަނެއް،" ރައީސް ޔާމީންގެ ސަރުކާރު ގައި އިގްތިސާދީ ގިނަ މަސައްކަތްތަކެއް ހިންގެވިއިރު އިކޮނޮމިކް މިނިސްޓްރީ ހިންގެވި މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.