ތައުބާ ވެއްޖައިން، މާފުކޮށްދީ: ނާޒިމް ސައްތާރު

ނާޒިމްގެ ބަޔާނެއް އައީ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އުފުލި ދައުވާގެ ޝަރީއަތް ނިންމާ މިއަދު ހުކުމް ކުރަން ތާވަލު ކޮށްފައި ވަނިކޮށެވެ. އޭނާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އޭނާ ކުރި ކުށާމެދު ހިތާމަ ކުރެ އެވެ. އަދި އެ ކުށަށް ތައުބާވެފައި ވެއެވެ.

ނާޒިމް ސައްތާރު: އެއްޖިންސުން ގުޅުން ހިންގި ކަމަށް ވަނީ އިއުތިރާފުވެފައި -- މިހާރު ނޫހުގެ ފޮޓޯއެއް

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ގ. ކެނެރީގެ، ނާޒިމް ސައްތާރު، ދިވެހިރައްޔިތުންގެ ކިބައިން މާފަށް އެދި ބަޔާނެއް ނެރެފި އެވެ.

ނާޒިމްގެ ބަޔާނެއް މި އައީ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އުފުލި ދައުވާގެ ޝަރީއަތް ނިންމާ މިއަދު ހުކުމް ކުރަން ތާވަލު ކޮށްފައި ވަނިކޮށެވެ. ސިއްރުން ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ނާޒިމްގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފު ވެފަ އެވެ.

ނާޒިމްގެ ބަޔާނުގައި ބުނެފައި ވަނީ ކުރެވުނު ކުށާމެދު ހިތާމަ ކުރާ ކަމަށެވެ. އަދި އެ ކުށަށް ތައުބާވާ ކަމަށް ވެސް ބުނެފައި ވެއެވެ.

"އަޅުގަނޑު އެދެނީ މި ކުށަށް އިއުތިރާފުވެ / ތައުބާވެ ރައްޔިތުންގެ އަރިހުން މާފެވެ،" ނާޒިމްގެ ބަޔާނުގައި ބުނެފައި ވެއެވެ. ނާޒިމް ވަނީ އޭނާގެ ވީޑިއޯތައް ބޭނުން ކޮށްގެން ބްލެކްމެއިލް ކުރަމުން ދިޔަ ކަމަށް ވެސް އިއުތިރާފު ވެފައެވެ.

ޝަރީއަތުގެ މަޖިލީހުގައި ކުށަށް އެއްބަސްވި ނަަމަވެސް ލިވާތު ނުކުރާ ކަމަށް ނާޒިމް ބުނެ އެވެ.

ގާނޫނު ބުނާ ގޮތުން މިފަދަ މައްސަަލަތަކުގައި އަދަބު ކަނޑައެޅުމުގައި އެކި ކަންކަމަށް ބަލަ އެވެ. އެއްޖިންސުން ޖިންސީ ގުޅުން ހިންގި ނަމަވެސް ލިވާތު ނުކުރާނަމަ އަދަބު ކުޑަ ވެއެވެ. އަދި ކައިވެނި ކޮށްގެން ހުރެ އެއްޖިންސުން ގުޅުން ހިންގުމާއި ކައިވެނި ނުކޮށް ހުންނަ މީހަކު އެއްޖިންސުން ގުޅުން ހިންގި ނަމަ ދޭ އަދަބު ވެސް ތަފާތެވެ. ދައުވާއަށް އިއުތިރާފުވުމުން ވެސް އަދަބު ލުއި ވެއެވެ. ދައުލަތުން އުފުލާ ދައުވާއަކުން ވެސް އަދަބު ލުއި ވެއެވެ. ނާޒިމްގެ މައްޗަށް އުފުލީ އަދަބު ކުޑަވާނެ ދައުވާ އެކެވެ.

ރާއްޖޭގެ އެތައް ބައިވަރު ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިނގާ އެކަމަށް އިއުތިރާފުވެފައިވާ އެމްޑީ އަލަމްގީރު ސިފަކޮށް "މި" ނޫހުގެ ގްރެފިކްސް ޑެސްކުން ކުރަހާފައިވާ ކުރެހުމެއް -- މި

ބަންގާޅުގެ އެމްޑީ އަލަމްގީރްއާއެކު ދިވެހީންގެ ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާފައިވާއިރު އެ މައްސަލަ އާންމުންގެ ތެރެއަށް ބޭރުވީ ނާޒިމް އާއި އަލަމްގީރު ގުޅުން ހިންގާ މަންޒަރު ފެންނަ ސާފު، ދިގު ވީޑިއޯއެއް އާންމުވި ހިސާބުންނެވެ. އެ ވީޑިއޯ އާންވުމުން އެއީ ފޭކެއް ކަމަށް ނާޒިމް ވިދާޅުވި އެވެ. ނަމަވެސް ފަހުން އެކަމާއި ގުޅޭ ގޮތުން ވާހަކައެއް ނުދައްކަވަ އެވެ. އަލަމްގީރު ބުނާ ގޮތުން އޭނާ ވަނީ ނާޒިމްގެ، ކެނެރީގެއަށް ވެސް ގޮސް އޭނާއާ ގުޅުން ހިންގާފަ އެވެ. އެކަން ކޮށް ދިނުމުން ހަދިޔާއެއްގެ ގޮތުގައި ބައެއް ފަހަރު 1000 ރުފިޔާ / ބައެއް ފަހަރު 100 ޑޮލަރުވެސް ދެއެވެ.

ރާއްޖޭގެ ހައި ޕްރޮފައިލް ސިޔާސީ މީހުނާއި ވިޔަފާރި ވެރިންނާއި ފުލުހުންނާއި ސިފައިންނާއި ރިސޯޓް މުވައްޒަފުންނާއެކު ވަކި ވަކީން އެއް އެނދެއްގައި އެއް ޖިންސުން ގުޅުން ހިންގި ކަމަށް އާންމު އިއުތިރާފެއް ވެފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިގެ މައްޗަށް ތިން ދައުވާއެއް ވަނީ ސާބިތުވެފައެވެ. އެ ދައުވާތައް ސާބިތުވެ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައެވެ.

އަލަމްގިރިއާއެކު އެއް ޖިންސުން ޖިންސީ ގުޅުމެއް ހިންގި ކަމަށް ދެން ތުހުމަތު ވެފައިވަނީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެކެވެ. އަދި ހޯމް މިނިސްޓްރީގެ މުވައްޒިފަކާއި އިމާދުއްދީން ސުކޫލުގެ ޓީޗަރެވެ. އެ މީހުންގެ ތެރެއިން ނަޝީދު އާއި ފުލުސް މީހާއަށް ވަނީ ދައުވާ ކޮށްފައެވެ. ނަޝީދުގެ ޝަރީއަތްވެސް ވަނީ ފަށާފައެވެ. ފުލުހުން ބުނާ ގޮތުން 38 މީހަކާއެކު އަލްމަގީރު ގުޅުން ހިންގާ ވީޑީއޯ ތަހުގީގަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ދިވެހީންނާއި ލަންކާ / އިންޑިއާ މީހުން ހިމެނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.