ހަނިމާދޫ އެއާޕޯޓު މަޝްރޫއު | އާ ރަންވޭގެ ބައެއް އަންނަ މަހު ހުޅުވަނީ

ހަނިމާދޫ އެއާޕޯޓަކީ އިންޑިއާއިން ލޯނު ނަގައިގެން ހިނގާ މަޝްރޫއެކެވެ. މި މަޝްރޫއު އެއްކޮށް ނިންމަން ކަނޑައަޅާފައިވަނީ އަންނަ އަހަރު އެވެ.

ހަނިމާދޫ އެއާޕޯޓްގެ ކުރެހުމެއް: އެ އެއާޕޯޓު ތަރައްގީ ކުރާތީ ރޭގަނޑުގެ އުދުލުހުންތައް މަޑުޖައްސާލަން ވަނީ ނިންމާފައި

އުތުރުގެ ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓް ތަރައްގީ ކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރި އާ ރަންވޭގެ ބައެއް އަންނަ މަހު އޮޕަރޭޝަނަށް ގެންނާނެ އެވެ. 

ވައިގެ ދަތުރުފަތުރުގެ ހަބަރުތައް ގެނެސްދޭ އޭވިއޭޓާ މޯލްޑިވްސް އިން ބުނީ ރަންވޭގެ ބައެއް ހިދުމަތަށް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މީގެ އިތުރު މައުލޫމާތެއް މި އެއާޕޯޓް މެނޭޖު ކުރާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުސީއެލް) އިން މިހާތަނަށް ބުނެފައެއް ނެތެވެ. އިންޑިއަން އެގްޒިމް ބޭންކުން ލޯނު ނަގައިގެން އިންޑިއާގެ ޖޭއެމްސީ ކުންފުނިން ތަރައްގީ ކުރަމުންދާ މި މަޝްރޫއުގެ ދަށުން ހެދި ރަންވޭގެ ބައެއް އޮޕަރޭޝަނަށް ގެންނަން ކުރިން ނިންމާފައި އޮތީ ނޮވެމްބަރު މަހު އެވެ،  

ރަންވޭ އޮޕަރޭޝަނަށް ގެންނަނީ ކިހިނެއް ؟ މި ރަންވޭއަކީ 2.46 މީޓަރުގެ ރަންވޭ އެކެވެ. މީގެ ތެރޭން ހުޅުވަން ނިންމާފައި ވަނީ 1.4 ކިލޯމީޓަރެވެ. އަދި މިތަން ނިންމަން ކަނޑައަޅާފައި ވަނީ ކުރިން އާރުސީއެލް އިން ބުނި ގޮތުގައި ފިޔަވަހި ތަކަށް ބަހާލައިގެންނެވެ. 

ހަނިމާދޫ މަޝްރޫއު ކުރުކޮށް

  •  އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު މަޝްރޫއެއް
  •  ޑިވެލޮޕާއަކީ އިންޑިއާގެ ޖޭއެމްސީ ކުންފުނި
  •  އެއާޕޯޓުގެ އޯނާޝިޕް: ރީޖަނަލް އެއާޕޯޓްސް / ރާއްޖެ
  •  މަޝްރޫއުގެ އަގު 136 މިލިއަން ޑޮލަރު
  •  2.46 ކިލޯ މީޓަރުގެ ރަންވޭއެއް
  •  އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޓާމިނަލެއް
  •  2461.21 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ ފެސިލިޓީ

މި މަޝްރޫއުގައި ހަނިމާދޫގައި ޒަމާނީ ބޮޑު ރަންވޭއަކާއި ރީތި އިންޓަނޭޝަނަލް ޓާމިނަލްއެއް އަޅާނެ އެވެ. މިތަން ނިންމަން ކަނޑައަޅާފައި އޮތީ 2024 ގަ އެވެ. މި އެއާޕޯޓުން ފްލައިޓަށް ތެޔޮ އެޅުމުގެ ހިދުމަތާއެކު ގިނަ ފަސޭހަ ތަކެއް ލިބިގެން ދާނެ އެވެ.

އަވަހަށް ޓޫރިޒަމް އެނދުތަކެއް ބޭނުންވޭ

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށްދާއިރު އެއާޕޯޓް ނިމެންވާއިރަށް އެންމެ މަދުވެގެން 2،500 ޓޫރިސްޓު އެނދު އެ ސަރަހައްދުން ބޭނުންވާނެ ކަމަށް ތަޖުރިބާކާރުން ވަނީ ވިދާޅުވެފަ އެވެ. ހާއްސަކޮށް މިހާރު އެ ސަހައްދުގައި ހުރި ޓޫރިސްޓު އެނދުތައް އަވަހަށް އޮޕަރޭޝަނަށް ނެރެން ޖެހެ އެވެ. އެ ސަރަހައްދުގައި އެންމެ ބޮޑު ޓޫރިޒަމް މަޝްރޫއެއް ފަށައިގެން ކުރިއަށް ގެންދަނީ ސަރުކާރަށް ބަލަދު އަރާފައިވާ "ބަރަވެލި" ކުންފުނި -- އެމްޓީޑީސީން އެވެ.

އެ ކުންފުނިން މަސައްކަތް ކުރާ ނާގޯއްޓަކީ ބޮޑު ނިގުލަށް ދެމިދެމި އޮތް މަޝްރޫއެކެވެ. ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ފުރަތަމަ ހަވާލު ކުރީ ރަޝިޔާގެ ކުންފުންޏެއް ކަމަށްވާ ތްރީކޭ އާ 2007 ގަ އެވެ. އެފަހަރު އެ ރަށުގައި 600 އެނދުގެ ރިސޯޓެއް ތަރައްގީ ކުރަން އެމްޓީޑީސީން މަސައްކަތް ކުރި ނަމަވެސް ދައްކަން ޖެހޭ ކުލި ގަވައިދުން ނުދައްކާތީ 2016 ގައި އެއްބަސްވުން ބާތިލްކުރި އެވެ. އޭރު އެ ރިސޯޓްގެ 37 ޕަސެންޓް މަސައްކަތް އޮތީ ނިންމާފަ އެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.